School thah hulhuvun laskoffi - AO News School thah hulhuvun laskoffi

ކޮވިޑް 19 ކަވަރޭޖް

  • 6.2 ޓަނުގެ ބޭސް އިންޑިއާއިން ރާއްޖެ ގެނެސްދީފި
  • މަހުގެ ތަފާތު ބާވަތްތަކާއެކު ހިތަދޫ މަސްމާރުކޭޓް ހުޅުވައިފި
940,753 CONFIRMED
196,221 RECOVERED
697,013 ACTIVE
47,519 DEATHS
WORLD
19 CONFIRMED
13 RECOVERED
6 ACTIVE
0 DEATHS
MALDIVES
Last updated on : 2020-04-02 11:06
ސްކޫލްތައް ހުޅުވުން ލަސްކޮށްފި
3 ހަފްތާ ކުރިން

ކޮވިޑް-19 ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ސްކޫލްތައް ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފިއެވެ.

Advt

Advertisement

ކޮރޯނާ ވައިރަސް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ސްޕޯކްސްޕާސަން މަބުރޫކް އަޒީޒް ވިދާޅުވީ، ސުކޫލްތައް ހުޅުވުން އެއް ހަފްތާއަށް ލަސްކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ސްކޫލްތައް ހުޅުވާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

ސްކޫތައް ބަންދުކުރި ނަމަވެސް ދަރިވަރުން ގޭގައި ބައިތިއްބައިގެން ކިޔަވައިދެވޭނެ ގޮތްތައް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ރާވަމުން ކަމަށްވެސް މަބުރޫކު ވިދާޅުވިއެވެ. އެގޮތުން އޮންލައިންކޮށާއި ބްރޯޑްކާސްޓްކޮށްގެން ވިޔަސް ކިޔަވައިދިނުން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށާއި ކިޔަވައިދިނުމަށް ބޭނުންވާ މެޓީރިއަލްތައް ޓީޗަރުންނާއި ދަރިވަރުންނަށް އޮންލައިންކޮށް ލިބޭ ގޮތަށް ކަރިކިއުލަމް ރިސޯސް ހިއްސާކުރާނެ މަންސައެއް ހަދަން އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

އަދި މިވަގުތުގެ ހާލަތަށް ބަލައި ހަފްތާއަކަށް ލަސްކޮށްފައިވީ ނަމަވެސް ހާލަތަށް ބަލައި ސްކޫލްތައް ހުޅުވުން އިތުރަށް ލަސްކުރަން ޖެހޭ ނަމަ އެކަން ވެސް ސަރުކާރުން ކުރާނެ ކަމަށާއި މިވަގުތު އާންމުންގެ ސަލާމަތަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ވެސް ސަރުކާރުން ފަސް ނުޖެހޭނެ ކަމުގައިވެސް މަބްރޫކް ހާމުކުރެއްވިއެވެ.

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިފައިވާ 8 ބިދޭސީން ރާއްޖޭން ފެނިފައި ވާތީ އާންމުންނާއި ބައެއް ޑޮކްޓަރުންނާއި މެޑިކަލް އެސޯސިއޭޝަނުންނާއި މުދައްރިސުންގެ ޖަމުޢިއްޔާއިން ވެސް ވަނީ ބަންދަށްފަހު ސްކޫލުތައް ފެށުން ފަސްކުރުމަށް ގޮވާލާފައެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ސްކޫލްތައް ވަގުތީގޮތުން ބަންދުކޮށްފައެވެ.