ޖުމްހޫރީ މައިދާނުން ގޮތްނޭނގޭ ފޮށްޓެއް ފެނިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ މި ސަރަހައްދަކީ ރައްޔިތުންގެ ގިނަ ބަޔަކު ޖަމާވާ ސަރަހައްދެއް ކަމުން މިފަދަ އެއްޗެއް ފެނުމުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ޖުމްހޫރީ މައިދާން ކައިރިން ފެނިފައި ވަނީ ރަތް ކުލައިގެ ގޮތް ނޭނގޭ ފޮއްޓެކެވެ. އެ ފޮށި އޮތީ އެތަނުގައި ހުރި ޑަސްބިނެއް ކައިރީގައި އެވެ. މި ސަރަހައްދު ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކޮށްފައިވާއިރު އެމްއެންޑީއެފް އިން ބުނީ މިފަދަ ތަކެތި ބަލާ ފާސްކުރުމަށް ސިފައިން ހަރަކާތްތެރިވަނީ ސަލާމަތީގޮތުން ސިފައިން ބޭނުންކުރާ ގެއާރ ބޭނުންކޮށްގެން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ…