Bidheyseenge regularization program medhukan'daalaifi - AO News
English Edition
Dhivehi Edition

Worldwide

  • 11,087,439confirmed
  • 6,212,404recovered
  • 4,348,619active
  • 526,416deaths

Maldives

  • 2,410confirmed
  • 1,976recovered
  • 419active
  • 10deaths

ކޮވިޑް 19 ކަވަރޭޖް

4 މަސް ކުރިން
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް - ފޮޓޯ: ދުވަސް އެމްވީ

ބިދޭސީންގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމައިފި އެވެ.

Advt

Advertisement

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި މަސައްކަތްކުރުމަށް އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދާ “ރެގިއުލަރައިޒޭޝަން” ޕްރޮގްރާމް މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމް އަލުން ފެށުމުން އެކަން އާންމުކޮށް އަންގާ އިޢުލާން ކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

“ރެގިއުލަރައިޒޭޝަން ޕްރޮގްރާމް” އަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އެފަރާތްތައް ގަވާއިދަށް ފެއްތުމަށްޓަކައި ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމް މެދުކަނޑާލުމަށް ނިންމި ސަބަބު އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައި ނުވިނަމަވެސް، ލަފާކުރެވޭ އެއީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެންނެވެ.

އެގޮތުން މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހަ މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން ހަތަރު ކޭސްއަކީ މި ވައިރަސް ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު ކޭސްތަކެކެވެ. އަނެއް ދެ މީހުންނަކީ ސޭންޑީސް ބަތަލާއަށް ޗުއްޓީ ހޭދަކޮށްލަން އައިސްފައި ތިބި އިޓަލީވިލާތުގެ ދެ ފަތުރުވެރިންނެވެ.

މުޅި ދުނިޔޭގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 114,515 އަށް އަރާފައިވާއިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 4,027 އަށް އަރައިފަ އެވެ. މި ނުރައްކާތެރި ބަލި އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައ ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.