COVID-19: Villamandhoo resort ah arai feybun manaakoffi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން
ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީ - ހެލްތު މިނިސްޓްރީ

ދިވެއްސެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އދ.ވިލަމަންދޫ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އދ. ވިލަމަންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި މޮނިޓަރ ކުރުމަށާއި “ކޮންޓެކްޓް ޓްރޭސިންގ” ހެދުމަށް އެރަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ވިލަމަންދޫ ރިސޯޓަށް އަރައި ފޭބުން މަނާ ކުރުމުން އަރައި ފޭބުން މަނާކޮށްފައި އޮތް ރަށްތަކުގެ އަދަދު ވަނީ ތިނަކަށް އަރާފައެވެ. އެއީ ވިލަމަންދޫ ރިސޯޓާއި ޅ.ކުރެއްދޫ އައިލަންޑް ރިސޯޓް އަދި އއ. ސޭންޑީސް ބަތަލާއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހަ މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން ހަތަރު ކޭސްއަކީ މި ވައިރަސް ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު ކޭސްތަކެކެވެ. އަނެއް ދެ މީހުންނަކީ ސޭންޑީސް ބަތަލާއަށް ޗުއްޓީ ހޭދަކޮށްލަން އައިސްފައި ތިބި އިޓަލީވިލާތުގެ ދެ ފަތުރުވެރިންނެވެ.

މުޅި ރާއްޖެ ޔެލޯ އެލަރޓްގައި އޮތްއިރު، މި ބައްޔަށް ޕޮޒިޓިވްވީ ފަރާތްތައް ތިބި ދެ ރިސޯޓު ކަމަށްވާ ޅ.ކުރެއްދޫ އައިލަންޑް ރިސޯޓް އަދި އއ. ސޭންޑީސް ބަތަލާ ވަނީ އޮރެންޖް އެލަރޓުގައެވެ