English Edition
Dhivehi Edition
އެސްޖެހިގެ - ފޮޓޯ: އެޗްޑީސީ

މީގެ ގާތްގަނޑަކަށް ދެ ގަރުނު ކުރިން މާލޭގައި އިމާރާތްކޮށްފައިވާ “އެސްޖެހި ގަނޑުވަރު” ނުވަތަ މިހާރުގެ “އެސްޖެހިގެ”، ފަރުކޮޅުފުށްޓަށް ބަދަލުކުރަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ އެސްޖެހިގެ އޭގެ ވެރިފަރާތުގެ ކިބައިން ނެގުމަށްފަހު ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ގުޅިގެން ޘަޤާފީ ރަށެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ ފަރުކޮޅުފުށްޓަށް ބަދަލުކުރަނީ، އެ ގަނޑުވަރު ތާރީޚީ ތަނެއްގެ ގޮތުގައި އިއާދަކޮށް ރައްކާތެރިކުރުމަށްޓަކައި ކަމަށެވެ.

އެސްޖެހި ގަނޑުވަރަކީ 1870ގެ އަހަރުތަކުގައި ހުކުރު މިސްކިތާއި މުންނާރު އިމާރާތްކުރެވެމުން އައި ދުވަސްވަރު، އެސްޖެހި ގަނޑުވަރު މާފަތް ކިލެގެފާނު އަޅުއްވާފައިވާ އިމާރާތެކެވެ. އެ އިމާރާތުގައި ބޭނުންކޮށްފައިވާ އެކި ވައްތަރުގެ ރީތި ލަކުޑި އަކީ ކުރީ ޒަމާނުގައި ފަރަށް އުރިފައިވާ ނަވުތަކުގެ ލަކުޑި އާއި ގުޅުންހުރި ތަކެތި ކަމަށް ބުނެވެއެވެ.

މިހާރު “އެސްޖެހިގެ”ގެ ނަމުން މަޝްހޫރުވެފައިވާ އެ ގޭގައި ކެފޭއެއް ހިންގަމުން އަންނައިރު، އެތަނުގެ ތާރީޚުގެ މުހިންމުކަން ގިނަ މީހުންނަށް ފާހަގައެއް ނުކުރެވެއެވެ.

އެޗްޑީސީން ބުނީ “އެސްޖެހިގެ” އަލުން ހުޅުވުމަށް ނިންމާފައިވާ ފަނުންވެރިންގެ ޚިޔާލުތައް ފޯރުކޮށްދޭ ގެލަރީއެއްގެ ގޮތުގައި ކަމަށެވެ. އަދި އެސްޖެހިގޭގެ ޘަޤާފީ ތަރިކަ ތަޖުރިބާކޮށްލުމުގެ ފުރުސަތު އާންމު ރައްޔިތުންނާއި ފަތުރުވެރިންނަށް ލިބިގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

1 ކޮމެންޓް
hehehe
މާޗް 10, 2020
kobaa yumna maumoon? kae ok tha?