English Edition
Dhivehi Edition
އަބޫދާބީ ފަންޑުން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ފޮރިން މިނިސްޓްރީ

އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން 2020 ވަނަ އަހަރަށް ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް 771 މިލިއަން ރުފިޔާ (50 މިލިއަން އެމެރިކާ ޑޮލަރު) ހަދިޔާކޮށްފި އެވެ.

އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ވެރިރަށް ދުބާއިގައި މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، ހިލޭ އެހީ ދިނުމުގެ އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު، ޢަބްދުﷲ ޝާހިދު އެވެ. އަދި އޭޑީއެފްޑީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް، ހިޒް އެކްސެލެންސީ މުޙައްމަދު ސައިފް އަލް-ސުވައިދީ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ އޭޑީއެފްޑީން ދިވެހިރާއްޖޭގެ ތަރައްޤީގެ އެޖެންޑާއަށް އެއްބާރުލުންދޭކަމުގެ ހެއްކެއް ކަމަށެވެ. އޭޑީއެފްޑީ އަކީ 1970ގެ އަހަރުތަކުގެ ފަހުކޮޅުން ފަށައިގެން މިއަދާއި ހަމައަށްވެސް ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައިސްފައިވާ ފަންޑެކެވެ. އެގޮތުން އެ ފަންޑުން ވަނީ ރާއްޖޭގެ ބޮޑެތި އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތަކުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މިއަދު ސޮއިކުރެވިގެންދިޔަ އެއްބަސްވުމަކީ އޭޑީއެފްޑީން މިހާތަނަށް ދިވެހިރާއްޖެއަށް އެއްފަހަރާ އެންމެ ބޮޑު އެހީއެއް ދިނުމަށް ވެވުނު އެއްބަސްވުމެކެވެ.

1 ކޮމެންޓް
Heehee halaaku
މާޗް 10, 2020
Anehkaa first-class thinthakah round ?edalaai Bai