COVID-19 ah shakku kurevey Dhivessaku quarantine kuranee - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން
ށ. ފޯކައިދޫ - ފޮޓޯ: ގޫގުލް އާތު

ށ. ފޯކައިދޫން ކޮވިޑް-19 އަށް ޝައްކުކުރެވޭ ދިވެއްސަކު ފެނިގެން ކަރަންޓީނު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ. ފޯކައިދޫން ފެނިގެން އޭނާ މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އެ މީހާއަކީ ކުރެއްދޫ ރިސޯޓްގެ މުވައްޒަފެއް ކަމަށާއި، އެކަމާއި ގުޅޭ އިތުރު މަޢުލޫމާތު ޙިއްސާކުރަމުންދާނެ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެ ދެ މީހުންނަކީވެސް ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ދެ ބިދޭސީންނެވެ. އެ ދެ މީހުންވެސް މިހާރު ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

ކުރެއްދޫ ރިސޯޓުން މީހުން އެރުމާއި ފޭބުން ވަނީ މިހާރު މަނާކޮށްފައެވެ.

މުޅި ރާއްޖެއަށް ރީނދޫ އެލާޓު ނެރެފައިވާއިރު، އެޗްޕީއޭ އިން ވަނީ ކުރެއްދޫ ރިސޯޓަށް އޮރެންޖު އެލާޓު ނެރެފައެވެ. ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ވަނީ މުޅި ދުނިޔެއަށް ރީނދޫ ސަމާލު ނެރެފައެވެ. މިއީ ޑަބްލިއު.އެޗް.އޯ ގެ ގައިޑްލައިނުގައި ކަނޑައަޅާފައިވާ 04 ސަމާލު ލެވެލްގެ ތެރެއިން ދެވަނަ އެލާޓް ލެވެލް އެވެ.