މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އާންމު ޚިދުމަތްތައް އެ އޮތޯރިޓީގެ ޕޯރޓަލް “ދިރިތި” މެދުވެރިކޮށް ދިނުމަށް ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 15 މާރިޗު 2020 އިން ފެށިގެން އެ އޮތޯރިޓީގެ ޚިދުމަތްތައް ލިބިވަޑައިގަންނަވާނީ ހަމައެކަނި “ދިރިތި ޕޯރޓަލް” މެދުވެރިކޮށް ކަމަށެވެ.
އެ ޚިދުމަތްތަކަކީ:
މީގެ އިތުރުން އެ ޕޯރޓަލް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް، “ދިރިތި ޕޯރޓަލް ޔޫސަރ ރެޖިސްޓްރޭޝަން” ފޯމު ފުރިހަމަ ކުރުމަށްފަހު އެ އޮތޯރިޓީއަށް ހުށަހަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެ ފޯމު މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް www.health.gov.mv އަދި އެމްއެފްޑީއޭ އިން ލިބޭނެ އެވެ.
“ދިރިތި” ޕޯޓަލް އިފްތިތާޙްކޮށްފައި ވަނީ މިދިޔަ ނޮވެންބަރު މަހުގެ 07 ވަނަ ދުވަހު އެވެ.
ހެލްތު މިނިސްޓްރީން މީގެ ކުރިން ބުނީ “ދިރިތި” ނިޒާމް ތަޢާރަފް ވެ، “ނެޝަނަލް ސިންގަލް ވިންޑޯ” ވިއުގައަށް ގުޅައިލުމުން، އެހެނިހެން އެޖެންސީތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ބަދަލުކުރެވޭ ލިޔެކިއުންތައް ބަދަލުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އެއީ ވިޔަފާރިވެރިން އެ ފަރާތްތަކުގެ މަސައްކަތެއް ފުރިހަމަ ކުރުމަށްޓަކައި ސަރުކާރުގެ އެކި މުވައްސަސާތަކަށް އެކިފަހަރު މަތިން ކުރަންޖެހޭ ދަތުރުތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ ޕޯޓަލަކީ ސަރުކާރުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ޞިއްޙީ ޚިދުމަތް ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިފްތިތާޙްކުރި ޕޯޓަލެކެވެ.