English Edition
Dhivehi Edition

ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވ. ތިނަދޫއިން އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވުނު ފަރާތް ވައިރަހަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އޭނާ ކަރަންޓީނުކޮށް ޓެސްޓްތައް ހެދީ ވައިރަހުގެ އަލާމާތްތައް އޭނާގެ ގައިން ފެނުމުންނެވެ. ޓެސްޓްގެ ނަތީޖާ މިހާރު ލިބިފައިވާއިރު އެ ނެގަޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީއިން ދާދިދެންމެއަކު ވަނީ ބުނެފަ އެވެ.

އެޗްޕީއޭ އިން ބުނ އެމީހާ ވައިރަހަށް ނެގެޓިވްވި ނަމަވެސް، ބައްޔަށް ޝައްކުރެވޭ އަލާމާތްތައް އަދިވެސް ހުރުމާއެކު 24 ގަޑިއިރު ފަހުން އިތުރަށް ޓެސްޓް ކުރާނެ ކަމަށެވެ.

އަދި މިކަމާގުޅިގެން އެރަށުގެ “ކޮންޓެކްޓް ޓްރޭސިންގ” ހެދުމާއި ބަލަންޖެހޭ އެހެނިހެން ބެލުންތައް ބެލުމަށް ފަހު މިހާރު އެރަށަށް އަރާ ފޭބުމަށް ހުރަހެއްނެތްކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ތިނަދޫގެ އިތުރުން ކުރެއްދޫ ރިސޯޓާއި ސަމާ އައިލެންޑް ރިސޯޓް ވެސް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި އެ ދެ ރިސޯޓްގެ ވެސް ޑޮކްޓަރުންގެ ފަރާތުން އަލާމާތްތައް ފެނިފައިވާތީ ވަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. އޭގެ އިތުރުން ސަމާ އައިލެންޑްގައި ތިބި ދެ ފްރާންސްގެ ޓޫރިސްޓަކު ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ. އެމީހުންގެ ޓެސްޓްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.