PPM akee laadheenee party eh kamah majileehuge raees vidhaalhuvehje - AO News
English Edition
Dhivehi Edition

Worldwide

  • 28,946,628confirmed
  • 20,813,150recovered
  • 7,208,868active
  • 924,610deaths

Maldives

  • 9,052confirmed
  • 7,055recovered
  • 1,960active
  • 32deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން
ކ.ގުރައިދޫ ގައި އެމްޑީޕީ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

އިދިކޮޅު ޕީޕީއެމް އަކީ ލާދީނީ ޕާޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީން ކުރިޔަށް ގެންދާ “ރަށްވެހި ފަތިސް” ކެމްޕެއިންއާ ގުޅުވާލައިގެން އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ފަރާތުން ވިލިމާލޭގައި ކުރިއަށްގެންދާ “ރަށްވެހި ފެސްޓިވަލް” ގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ނަޝީދު ވިދާޅުވީ އިދިކޮޅު ޕީޕީއެމްއަށް ތާއީދު ކުރާ ކުދިންގެ ތެރެއިން ކުއްޖަކު މިސްކިތަށް ވެސް އަރައި ނޫޅޭ ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ކުދިން، އެ ރީތި އާދައާއި އަހުލާގު ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ޕާޓީގެ މެމްބަރުންގެ ތެރޭގައި ހިފެހެއްޓިފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީން އެމަނިކުފާނު ދެކޭ އެންމެ ބޮޑު ރައުސްމާލަކީ އެޕާޓީގެ މެންބަރުންގެ ސާބިތުކަމާއި ކޫލްކަމާއި ހިފާއްޓާލައިގެން ތިބޭކަން، ހާސް ނާރާކަން، އަދި އެޕާޓީގެ މެމްބަރުން އެއްވެސް ކަމަކާ ހާސްވެގެން، ކަންބޮޑުވެގެން އުޅެ ނުގަންނަކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

1 ކޮމެންޓް
ސައްލޭ
މާޗް 7, 2020
LOL