English Edition
Dhivehi Edition

އިންޑިޔާގެ މަޝްހޫރު ތަރި ޓައިގާ ޝްރޮފް ލީޑު ރޯލުން ފެނިގެންދާ ބާގީ 3 ރިލީސްނުކުރަނީސް އެ ފިލްމު ލީކްކޮށްލައިފި އެވެ.

ބެލުންތެރިންގެ އެތަކެއް ސަޕޯޓެއް ލިބިފައިވާ ބާގީ 1 އަދި 2 ކަށް ފަހު ބާގީ 3 ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ހަމަޖެހިފައި އޮތީ މިއަދެވެ. ނަމަވެސް މި ފިލްމު ރިލީސް ނުކުރަނީސް ފިލްމު މިވަނީ ލީކް ކޮށްލާފައެވެ. ފަހަކަށް އައިސް އިންޑިޔާގައި ދަނީ މި ގޮތަކަށް ފިލްމުތައް ލީކް ކުރަމުންނެވެ.

އިންޑިޔާގައި ފިލްމުތަށް ލީކްކުރަމުން އަންނަނީ ޓެމިލް ރޮކާސް ކިޔާ ވެބްސައިޓަކުންނެވެ. މިފަހުން އިންޑިޔާގައި ލީކްކުރި ފިލްމުތަކުގެ ތެރޭގައި ވިކީ ކުޝާލްގެ “ބޫތް ޕާޓް ވަން: ދަ ހޯންޓަޑް ޝިޕް”، ތާޕްސީ ޕަންނުގެ “ތައްޕަޑް” އަދި އަޔުޝް ކުރާނާގެ “ޝުބް މަންގަލް ޒިޔާދާ ސާވްދާން” ފަދަ ފިލްމުތައް ހިމެނެ އެވެ.

ބާގީ 3 އުފެއްދުމަށް 70 ކުރޯޑް ރުޕީސް ހަރަދުކޮށްފައިވާއިރު މި ފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި ޝްރައްދާ ކަޕޫރާއި ރިތޭޝް ދޭޝްމުކް އަދި ޖެކީ ޝްރޮފް ހިމެނެ އެވެ. މި ފިލްމުގެ ޓްތެއިލާ އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު މި ފިލްމަށް ބޮކްސް އޮފީހުން ރަނގަޅު ޖާގައެއް ލިބޭނެކަމަށް ވަނީ ބެލެވިފައެވެ.

ބާގީ 3 ލީކްކޮށްލުމުން މި ފިލްމުން ލިބޭނެ ކަމަށް ބެލި އާމްދަނީގެ ބޮޑު ބައެއް ގެއްލިގެންދާނޭ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. މިއީ އެމީހުންނަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމަކަށް ވެގެންދާނޭ ކަމުގައި ވެއެވެ.

މިއީ އަހްމަދު ހާން ޑައިރެކްޓު ކޮށް ނެރޭ ފިލްމެކެވެ.

1 ކޮމެންޓް
Ehkala kuhjaa
މާޗް 10, 2020
?Ohneheh hathares Kan hamavefei