English Edition
Dhivehi Edition

ދެ ފިރިހެނުންނާއި އިނދެގެން އުޅުނު ކުވައިތު އަންހެނެއްގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ. ކުވައިތުގެ އެ އަންހެން މީހާގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައި ވަނީ އޭނާ ދެ ފިރިން ގެންގުޅޭތީ އެކަންޏެއް ވެސް ނޫނެވެ.

ދެ ފިރިންގެ އިތުރަށް މި އަންހެންމީހާ އަށް ދެ ނަން ކިޔައެވެ. އަދި ތަފާތު ދެ އައިޑީ ކާޑު ގެންގުޅުމުގެ އިތުރުން އޭނާ ތަފާތު ދެ ވަޒީފާއެއްގައި ވެސް މަސައްކަތް ކުރެއެވެ. އެހެން މީހުންނާއި ތަފާތު ދިރިއުޅުމެއް އުޅެމުން ދިޔަ އެ އަންހެންމީހާއަށް ސަރުކާރުން ވަނީ ލޯނުގެ އެހީއެއް ވެސް ދީފައެވެ. ތަފާތު އައިޑީއެއް އޮތުމުން އެވަރުގެ ކަމެއް ވުމަކީ ހައިރާންވާވަރުގެ ކަމެއް ނޫނެވެ.

ކުވައިތުގެ ކުރިމިނަލް ކޯޓަށް މި މައްސަލައިގެ ގޮތުން މިއީ މިކަހަލަ ގޮތަކަށް ހުކުމް ކުރަން ޖެހުނު ފުރަތަމަ މައްސަލައެވެ.

ރާއްޖޭގައި ވެސް ދާދި އިހަކަށް ދުވަހު މިވަނީ މިކަހަލަ ހާދިސާއެއް ހިނގާފައި އެވެ. ރާއްޖެ އަކީ ކައިވެނި ކުރުމާއި ވަރިކުރުންވެސް އެންމެ ގިނަ އެއް ޤައުމެވެ. އަދި ގިނަ އަނބިން ގެންގުޅުމުގައި ކޯޓުގެ ބޭރުން ކައިވެނިކޮށް ދޮށީ އަންބަށް ސިއްރު ކުރަން ކޯޓުގައި ރަޖިސްޓަރީ ނުކުރާ ފަރާތްތައްވެސް ގިނައެވެ. ބޭރަށް ގޮސް ކުރާ ކައިވެންޏަށްވެސް ވަނީ މިކަހަލަ ގޮތެކެވެ.