English Edition
Dhivehi Edition

ވައިރަސް ޖެހުނު މީހަކު އުޅުނު ކަމަށްބުނެ ކުރެއްދޫ ރިސޯޓުން މީހުން އެރުމާއި ފޭބުން މަނާކޮށްފި އެވެ.

ޅ.އަތޮޅު ކުރެއްދޫ ރިސޯޓުން މީހުން އެރުމާއި ފޭބުން މަނާކޮށްފައި މިވަނީ އެ ރިސޯޓުގައި ކޮވިޑް-19 ޖެހިފައިވާ މީހަކު ޗުއްޓީ ހޭދަކުރިކަމުގެ ރިޕޯޓު ލިބުމާއި ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޅ.ކުރެއްދޫ ރިސޯޓުން ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހާ ބަލިވެގެން ނައިފަރު ހޮސްޕިޓަލަށް ވަނީ ދައްކައިފައެވެ. އަދި އޭނާ ރާއްޖެއިން ދިޔަފަހުން ނައިފަރު ހޮސްޕިޓަލުން އޭނާ ބެލި ޑޮކްޓަރުގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އެ ޑޮކްޓަރު ކަރަންޓީން ކުރުމަށް މިހާރު ފަރުކޮޅުފުއްޓަށް ގެންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން މިކަމުގެ އެއްވެސް މައުލޫމާތެއް ކަށަވަރުކޮށްދީފައި ނުވެއެވެ. ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީހޭދަކުރުމަށްފަހު ރާއްޖެއިން ގޮސްފައި ވަނީ ޗިލީގެ ދެ ފަތުރުވެރިންނެވެ. އަދި އެމީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެސް ވަނީ ވެފައެވެ.