English Edition
Dhivehi Edition

ރާއްޖޭގައި ވެސް ޗުއްޓީ ހޭދަ ކުރުމަށް ފަހު ޗިލީއަށް ދިޔަ މީހަކު ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަހަށް ފޮޒިޓިވްވެއްޖެއެވެ.

ޗިލީގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތާ ހަވާލާދީ، ޗައިނާގެ ޝިންހުއާ ނޫސްއެޖެންސީ އިން ބުނި ގޮތުގައި،ޗިލީ އިން މި ވައިރަހަށް ފުރަތަމަ ޕޮޒިޓިވްވި މީހާއަކީ އުމުރުން 33 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ޗިލީއަށް ގޮސްފައި ވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް ދަތުރު ކުރުމަށް ފަހު ޔޫރަޕް މަގުން ކަމަށެވެ. މަހެއްހާ ދުވަހުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ، އިންޑޮނޭޝިއާ، ރާއްޖެ އަދި ސްޕެއިނަށް ދަތުރުކޮށްފައިވާ މި މީހާ ޗިލީއަށް ދިޔައީ މިދިޔަ މަހުގެ 25 ދުވަހުގައެވެ.އަދި އޭނާގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެންނަން ފެށީ މިމަހުގެ އެކެއްގައި ކަމަށް ބޭރުގެ މީޑިއާތަކުންވަނީ ރިޕޯޓްކޮށްފައެވެ.

މި ރިޕޯޓާއި ގުޅިގެން ރާއްޖޭގެ ހެލްތް މިނިސްޓްރީން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނައިރު އަދި މިމީހާ ރައްޖެއައި ތާރީހެއްވެސް އަދި ޗުއްޓީ ހޭދަކުރި ރިސޯޓެއްވެސް އެގިފައެއް ނުވެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ މި ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައިވެސް ފިޔަވަޅުތަކެއްވަނީ އަޅާފައެވެ.