Virus fethureythee Twitter muvazzafun geygai masahkaiy kurumah angaifi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް(ކޮވިޑް-19) އާއި ގުޅިގެން ޓުވިޓާގެ މުވައްޒަފުން ގޭގައި މަސައްކަތް ކުރުމަށް އެ ކުންފުނިން އަންގައިފި އެވެ.

ޓުވިޓާއިން އިއްޔެ އެ ކުންފުނީގެ ރަސްމީ ބްލޮގްގައި ކޮށްފައިވާ އިއުލާނެއްގައި ވަނީ ޖަޕާން،ހޮންގް ކޮންގް އަދި ސައުތު ކޮރެއާގައި ތިބި އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ގޭގައި މަސައްކަތް ކުރުން ލާޒިމު ކަމަށް އަންގާފައެވެ. ނަމަވެސް އެހެން އޮފީސްތައް ހުޅުވިފައި ހުންނާނޭ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ. ޓުވިޓާއިން ބުނީ މިގޮތަށް ނިންމީ އެޤައުމުތަކުގެ ސަރުކާރުތަކުން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

ޓުވިޓާގެ އެންގުމާއި އެއްކޮށް އެ ކުންފުނީގެ 5000 މުވައްޒަފުން ގޭގައި މަސައްކަތް ކުރާނެއެވެ. އެ ކުންފުނިން ބުނީ މުވައްޒަފުން ގޭގައި މަސައްކަތް ކުރި ކަމުގައި ވީނަމަވެސް އަބަދުވެސް އޮފީހަށް އެކި ކަންކަމުގައި ދެވޭނެ ކަމަށެވެ.

ޓުވިޓާއިން އެ ކުންފުނީގެ މުވައްޒަފުންނަށް މިފަދަ އެންގުމެއް އަންގާފައިވާއިރު ދުނިޔޭގެ އެހެނިހެން އިންޓަނޭޝަނަލް ކުންފުނިތަކުންވެސް މިފަދަ ނިންމުންތަކެއް ވަނީ ނިންމާފައެވެ. އެގޮތުން ގޫގުލް އިން ވަނީ އެމެރިކާގައި ބާއްވަން ނިންމާފައިވާ ކޮންފަރެންސް ވެސް ފަސް ކޮށްފައެވެ.