Sifainge vazeefaa ah vanumuge furusathu hulhuvaifi - AO News Sifainge vazeefaa ah vanumuge furusathu hulhuvaifi

ކޮވިޑް 19ކަވަރޭޖް

6,852,818CONFIRMED
3,352,066RECOVERED
3,102,470ACTIVE
398,282DEATHS
1883CONFIRMED
717RECOVERED
1157ACTIVE
7DEATHS
ސިފައިންގެ ވަޒީފާ އަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި
3 މަސް ކުރިން

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސް އިން އާއްމުކޮށް ހުޅުވާލައިފިއެވެ.

Advt

Advertisement

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ ޑިފެންސް މިނިސްޓްރީން މިއަދު ކުރި (ނަންބަރު: (IUL 28-PM-1/1/2020/13 އިޢުލާނުންނެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން ހިމެނެއެވެ.

އަދި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ފުރިހަމަވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަރވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިންގ އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލޭނެއެވެ. މި އިޢުލާނުގެ ބޭނުމަށް އުމުރުފުރާ ބަލާ ތާރީޚަކީ 25 މާރިޗު 2020 އެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 މާރިޗު 22 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިންނެވެ. ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޑިފެންސް މިނިސްޓްރީގެ އިތުރުން އެމްއެންޑީއެފް އޭރިއާ ކޮމާންޑުތަކުންނެވެ. އެމްއެންޑީއެފް އޭރިއާ ކޮމާންޑުތަކުގެ ތެރެއިން އެމްއެންޑީއެފް ނޮދަން އޭރިއާއިން ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީ ޕޯސްޓާއި ޅ.ނައިފަރު ފަޔަރ ސްޓޭޝަނާއި ށ.ފުނަދޫ ކައުންސިލް އިދާރާއިންނެވެ. އަދި ސެންޓްރަލް އޭރިއާއިން ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ.ކައްދޫ އާއި ދ.ކުޑަހުވަދޫ ޕޯސްޓާއި ތ.އަތޮޅު ކައުންސިލް އިދާރާ އާއި ފ.އަތޮޅު ކައުންސިލް އިދާރާގެ އިތުރުން އެމްއެންޑީއެފް މުލީ ޕޯސްޓު (މ.މުލި) ނެވެ. މީގެ އިތުރުން ސަދަން އޭރިއާއިން ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަދަން އޭރިއާ ޏ.ފުވައްމުލަކު ޕޯސްޓާއި ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ އިތުރުން ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުންނެވެ.

ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާނީ އެމީހަކު އިންޓަވިއުއަށް ހާޟިރުވުމަށް ބޭނުންވާ އޭރިއާއެއްގެ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކަށެވެ. އަދި އޭރިއާތަކުގައި އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމްގައި ބަޔާންކުރެވިފައި ވާނެއެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާއިރު ކުށުގެ ރެކޯޑް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހެއެވެ.

ވަޒީފާއަށް އެދޭ ފޯމް އަދި ކުށުގެ ރެކޯޑް ފޯމް ރަސްމީ ގަޑީގައި ޑިފެންސް މިނިސްޓްރީގެ ކައުންޓަރުންނާއި އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި 3322607، އެކްސްޓެންޝަން: 3153، 3440 ނަންބަރު ފޯނަށް ގުޅާ މައުލޫމާތު ސާފުކުރުމަށްވަނީ އެދިފައެވެ.