English Edition
Dhivehi Edition

16 މީހުންނާއި އެކު ދަތުރުކުރި ޔޮޓެއް ގެމަނަފުށީ ހުޅަނގު އުތުރު ކަންމަތީ ފަރަށް އަރައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ 16 މީހުންނާއެކު ދަތުރުކުރި “ގްރޭންޑްޑެޒަރ” ނަމަކަށް ކިޔާ ޔޮޓެއް ފަރަށް އަރައިގެން އެމްއެންޑީއެފް ސަދާން އޭރިޔާ ކޯސްޓުގާޑް ސްކޯޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްގެ ސީޖީ އެމްއާރްއާރްސީ އަށް ލިބިފައިވަނީ މިއަދު ހެނދުނު 07:31 ހާއިރު ކަމަށެވެ.

މި ހާދިސާ ހިނގި އިރު މި ޔޮޓުގައި ޖުމްލަ 16 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 07 ފަތުރުވެރިންނާއި 09 ފަޅުވެރިންނެވެ. މި ޔޮޓު ފަރަށް އެރުމާގުޅިގެން ޔޮޓުގައި ތިބި މީހުން ގެމަނަފުށި ރައްޔިތުންގެ އެހީތެރިކަމާއެކު ގއ.ގެމަނަފުއްޓަށް ވަނީ ގެންގޮސްފައެވެ.

މި ޔޮޓު ފުންކުރުމަށް ޔޮޓުގެ ވެރިފަރާތާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ.

..