English Edition
Dhivehi Edition

ކޮވިޑް-19 އަށް ސާމްޕަލްތައް ތަޙުލީލު ކުރާނީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ މިންގަނޑަށް ކަމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.

އިއްޔެ އައިޖީއެމްއެޗް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ލެބޯޓަރީ އަށް ތަހުލީލު ކުރުމަށް ގެނެވޭ ސާމްޕަލްތަކަކީ ކޮންމެ ވައްތަރެއްގެ ސާމްޕަލްތަކެއް ކަމުގައި ވީނަމަވެސް އެ ސާމްޕަލްތަކާއި މެދު ދެކެވޭނީ އަދި ޢަމަލުކުރެވޭނީ އެއީ އިންސާނުންނަށް ގެއްލުމެއް ކުރިމަތިވެދާނެ އެއްޗެއް ކަމުގައި ކަމަށެވެ.

ނުރައްކާތެރި، ވަކި ބަޔަކަށް ޝައްކު ނުކުރެވޭ ސާމްޕަލެއް ތަހުލީލު ކުރިނަމަވެސް އެތަކެތި އުފުލުމާއި ތަޙްލީލު ކުރުމުގައިވެސް އެ ހޮސްޕިޓަލުން ޢަމަލު ކުރަނީ ޑަބްލިޔުއެޗްއޯ އާއި ކަމާއިބެހޭ ފަރާތްތަކުން އެކަމަށް އެކަށަ އަޅާފައިވާ ޚާއްސަ ޕްރޮޓޮކޯލް ތަކާއި ބައިނަލް އަޤްވާމީ ގޮތުން ބަލައިގަންނަ ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ހޮސްޕޓަލްސް އެންޑް އެންޑް ހެލްތް ކެއަރ ޕްރޮވައިޑަރސް އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑު ފޯރ ހޮސްޕިޓަލްސް އެންޑް ހެލްތް ކެއަރ ޕްރޮވައިޑަރސް (އެން.އޭ.ބީ.އެޗް) އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯރ ޓެސްޓިން އެންޑް ކެލިބަރޭޝަން ލެބޯޓްރީ (އެ.އޭ.ބީ.އެލް)ގެ ގައިޑްލައިން ތަކާއި އެއްގޮތަށް ކަމަށް އެ ބަޔާނުގައި ވެއެވެ.

އައިޖީއެމްއެޗްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، މުވައްޒަފުންގެ ސަލަމާތައި ރައްކާތެރިކަމަށް އެ ހޮސްޕިޓަލުން ހާއްސަ ސަމާލުކަމެއް ދެމުންގެންދާނެ ކަަމަށެވެ.