މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި ބިދޭސީއަކު ފިހިއްޖެ އެވެ
އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗް އަށް ވަނީ ގެންދެވިފައި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ޗާންދަނީ މަގުގައި ހުންނަ ވެސްޓާން ޔޫނިއަން އިމާރާތުގައި ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔާރ އެންޑް ރެސްކިޔު އިން އެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާއިރު އަލިފާނުގެ ސަބަބުން އެތާ ކައިރީގައި ހުރި ބިގްމޭން ކެފޭގެ ބަދިގެވެސް ރޯވިކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.