English Edition
Dhivehi Edition

ސޮނީ ސްޕޯޓްސް 18 ވަނަ އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ޗެމްޕިއަންކަން ސޮނޭވާ ފުށިން ހޯދައިފިއެވެ. ގިނަ ހަމަނުޖެހުންތަކަށްކަށްފަހު އިއްޔެ ސޮނޭވާ ގައި ކުޅުނު ފައިނަލް މެޗު އެ ޓީމުން ކާމިޔާބުކުރީ އަނަންތަރާ ކިހާވަށް ބަލިކޮށް ތިން ސެޓުންނެވެ

އިއްޔެގެ މެޗުގެ ސެޓުތައް ސޮނެވާއިން ގެންދިޔައީ 21-25، 22-25 އަދި 22-25އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސޮނޭވާ ފުށީގެ އަލީ ހުޒާމުއެވެ.މި ޒޯންގެ ޗެމްޕިއަން ޓީމަކަށް ސޮނޭވާ ހޮވިފައިވާއިރު ރަނަރަޕް ޓިމަކީ އަނަންތަރާއެވެ

އިއްޔެ ސޮނޭވާގައި ބޭއްވި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވަނަވަނައަށް އައި ފަރާތްތަކަށް ތައްޓާއި މެޑެލްވަނީ ހަވާލުކޮށްފައެވެ. މިޒޯންގެ އެންމެ މޮޅު ކުޅުންތެރިއަކަށް އަނަންތަރާގެ އިސްމާއިލް ސަޖިދު ހޮވިފައިވާއިރު އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ސޮނެވާފުށީގެ ހުސެއިން ރަޒާންއެވެ

ޒޯން ފަހެއްގެ ޗެމްޕިއަންކަން ލިބުމުން ސޮނެވާ އަށް ވަނީ ޗެމްޕިއަސް ލީގުން ޖާގަ ލިބިފައެވެ. މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވާ ޓީމުތަކަކީ ޒޯން އެކެއްގެ ޗެމްޕިއަން ގްރޭންޑް ޕާކް ކޮށްދިއްޕަރާއި ރަނަރަޕް ބަނޑޮސް މޯލްޑިވްސް އާއި ތިންވަނަ ހޯދި ޝެރަޓަން މޯލްޑިވްސްއެވެ.ޒޯން ދޭއްގެ ޗެމްޕިއަން ޖުމެއިރާ ވިޓަވެލި އާއި ޒޯން ތިނެއްގެ ޗެމްޕިއަން ނިޔާމަ އެވެ. އަދި ޒޯން ހަތަރެއްގެ ޗެމްޕިއަން ކޮންރެޑު ގެ އިތުރުން ޒޯން ފަހެއްގެ ރަނަރަޕް ޓީމު އަނަންތަރާއެވެ. ހޯމް އެންޑް އަވޭ އުސޫލުން ކޮންމެ ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކޮއްދިޕަރާ އި ނިޔާމަ، އަދި އަނަންތަރާ އާއި ޝެރެޓަން އެވެ