ނުރައްކާތެރި ކޮރޯނާވައިރަސް ޖެހިޖެން އީރާނުން މިހާތަނަށް 210 މީހުން މަރުވެއްޖެ އެވެ.
ދުނިޔޭގެ ފަންސާހަށްވުރެ ގިނަ ޤައުމުން މިހާރު ކޮވިޑް-19 ފެނިފައިވާއިރު އެކި ގައުމުތަކުން 85 ހާހަށްވުރެ ގިނަ މީހުންނަށްވަނީ މި ވައިރަސްޖެހިފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ވައިރަސް ޖެހިގެން މަރުވިމީހުންގެ އަދަދު 3000 އާއި ގާތް ކުރެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުން ވައިރަސް ޖެހިގެން 9 މީހުން މަރުވެފައިވެ އެވެ. ޗައިނާއިން ބޭރުގައި އެންމެ ގަދައަށް ވައިރަސް ފެތުރިފައި ވަނީ އީރާނުގައި އެވެ.
އީރާނުގައި ކޮވިޑް-19 ހަލުވިކަމާއި އެކީ ފެތުރެމުން އަންނައިރު މި ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ އެ ޤައުމުގެ ވެރިރަށް ތެހެރާނާއި ޝިއައީން ގިނަ އަދަދަކަށް އުޅޭ ގުމް ސިޓީގައެވެ. ވައިރަހާއި ގުޅިގެން އެ ސިޓީގައި ހުކުރު ނަމާދުވެސް ކޮށްފައި ނުވާއިރު އެ ސިޓީގެ ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ.
އިޓަލީވިލާތުގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 888 އަށް އަރައެވެ. އެ ޤައުމުން 18 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.