English Edition
Dhivehi Edition

ޓުއަރިޒަމްގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފެއާ، އައިޓީބީ ބާލިން ފެއާ ކެންސަލް ކޮށްފި އެވެ.

އައިޓީބީ ބާލިން ފެއާ 2020 ކެންސަލް ކުރުމަށް ޖަރުމަނުން ނިންމައިފައި ވަނީ މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުންނެވެ. އަންނަ މަހު ހަތަރަކުން އަށަކަށް ބާއްވަން ނިންމާފައި އޮތް މި ފެއާރ ކެންސަލް ކުރި އިރު މި ފެއާރ ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތައްވެސް ބައިވެރިވާން ނިންމާފައި ވެއެވެ.

މި ފެއާ ކެންސަލް ކުރަން ނިންމީ ކޮވިޑް-19 ގެ ނުރައްކާ އިތުރުވުމުން އެކި ޤައުމުތަކުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަރުގަދަ ކުރުމާއި ގުޅިގެންނެވެ. ބާލިން ފެއާ ބާއްވާނަމަ ފެއާ ގައި ބައިވެރިވުމަށް އެތެރެވާ ކޮންމެ މީހަކީ ރިސްކް ފެކްޓާ އޮތް ހިސާބަކުން އައި މީހަކު ނޫން ކަމާއި، ރިސްކް ފެކްޓާއެއް ކަމަށް ބެލެވޭ ޤައުމެއްގެ މީހަކާއި އެއްވެސް ގުޅުމެއް ވެސް ބާއްވާފައި ނުވާ މީހެއްކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށް އެ ޤައުމުތަކުގެ ސިއްހީ އިދާރާތަކުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މި ކަންކަން ކަށަވަރުކުރުމަށް އުނދަގޫވާތީ އެ ފެއާ ކެންސަލް ކުރުމަށް ފެއާ އިންތިޒާމް ކުރާ “މެސް ބާލިން” ކޮންފުނިން ނިންމީއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޖަރުމަނުގައި ބާއްވަން ހަމަޖެހިފައިވާ ޓެކްނޮލޮޖީގެ ބޮޑު އިވެންޓް މޮބައިލް ވޯލްޑް ކޮންގްރެސް ވެސް ވަނީ ވައިރަހުގެ ސަބަބުން ކެންސަލް ކޮށްފައެވެ.