English Edition
Dhivehi Edition

 

ރަނާސް މޯލްޑިވްސްއާއި ނަސީރު ސްޕޯޓްސް އެކަޑަމީ ގުޅިގެން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އީކުއޭޓާރ އައްޑޫސިޓީ އިންޓަނޭޝަނަލް މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު މުޅި ދުނިޔެއަށް ހުޅުވާލައިފި އެވެ

ރަނާސް މޯލްޑިވްސްގެ ރައީސް ނަސީރު އިސްމާއީލް ވިދާޅުވީ މި މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި މެރަތަންގައި ޕްރޮފެޝަނަލް ކެޓަގަރީގައި ކުޑަ ފީއެއް ދައްކައިގެން ބައިވެރިވެވޭއިރު ކުޑަކުދިންނަށް ހިލޭ ބައިވެރިވެވޭނެ ކަމަށް ނަސީރު ވިދާޅުވިއެވެ،

މި މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެކަމަށް ހާއްސަ ވެބްސައިޓަކުންނެވެ. އެގޮތުން adducitymarathon.com އިން މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު އޮންލައިންކޮށް ވަނީ ހުޅުވާލާފައެވެ. މީގެއިތުރުން މި ސައިޓުން މެރަތަންއާއި ގުޅޭ ތަފާތު މައުލޫމާތުތައް ގެނެސްދީފައިވެއެވެ.

މުޅި ދުނިޔެއަށް ހުޅުވާލައިގެން ބާއްވާ މި މެރަތަން އަށް މޮޅު ދުވުންތެރިންގެ ތަރުހީބު ލިބެމުންދާއިރު އެފްރިކާގެ ބާރު ދުވުންތެރިން ޔަގީނުންވެސް މި މެރަތަންގައި ބައިވެރިވާނެ ކަމަށް ނަސީރުވަނީ ވިދާޅުވެފައެވެ.

ނޮވެމްބަރު 24 ގައި ބާއްވާ މި މެރަތަން ވީޓީވީން ވަގުތުން ގެނެސްދޭގޮތަށް ހަމަޖެހިފައިވާއިރު މިއީ އައްޑޫސިޓީއަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ މެރަތަންއެއް ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.