Addu cityge flat thakuge ehbas vumugai soi kurumah muhulathe dheefi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

އައްޑޫ ސިޓީ ހިތަދޫ އަވަށާއި ހުޅުދޫ އަވަށުގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމަށް މުހުލަތެއް ދީފިއެވެ.

މިއަދުއައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، ހިތަދޫ އާއި ހުޅުދޫގައި އެޅި ފްލެޓުތަކުގެ ތެރެއިން މިހާރު ހަވާލުނުކޮށްހުރި ފްލެޓުތައް އޭގެ ހައްގުވެރި ފަރާތްތަކަށް ވަރަށް އަވަހަކަށް ހަވާލުކޮށް ނިންމުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން، ފްލެޓު ލިބިފައިވާ އަދި މިހާތަނަށް ފްލެޓު އެގްރީމަންޓްގައި ސޮއިކޮށްފައި ނުވާ ފަރާތްތަކަށް، ސޮއިކުރުމުގެ އެންމެ ފަހު ތާރީހަކީ 15 މާޗް 2020 ކަމަށް ކަނޑައަޅާފައިވާކަމަށް އެ އިއުލާނުގައިވެއެވެ.މީގެ އިތުރުން ކައުންސިލުން ބުނީ 15 މާޗްގެ ކުރިން އެގްރީމަންޓުގައި ސޮއި ނުކުރާ ފަރާތްތަކުގެ ފްލެޓުތައް ކެންސަލްކޮށް ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ލިސްޓުން އުނިކުރެވޭނެކަމަށެވެ.

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ހުޅުދޫގައި  48 ފްލެޓް އިމާރާތްކޮށްފައިވާއިރު ހިތަދޫގައި އިމާރާތް ކުރީ 264 ފްލެޓެވެ. އައްޑޫގައި އިމާރާތްކުރި ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 19،000 ރުފިޔާ ދައްކަން ޖެހޭއެވެ،