English Edition
Dhivehi Edition

އުތުރު ކޮރެއާއިން އެމެރިކާގެ ބެލުމުގެ ދަށުގައި އޮންނަ ގުއާމުގެ ކަނޑުގެ ސަރަހައްދަށް ހަމަލާ ދިނުން މަޑު ޖެއްސުމަކީ، އުތުރު ކޮރެއާގެ ވިސްނުންތެރި ނިންމުމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އުތުރު ކޮރެއާގެ މަސްރަހު ދާދި ފަހުން ހޫނު ވެގެން ގޮސްފައި މިވަނީ އުތުރު ކޮރެއާގެ ނިއުކްލިއާރ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރަމުންދިއުމުގެ މައްސަލައިގައެވެ. އެމެރިކާގެ ރައީސް މިދިޔަ ހަފްތާގައި ވަނީ އުތުރު ކޮރެއާގެ ހަމަލާ އަކަށް ފުރިހަމަ ރައްދެއް ދޭނެ ކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން އުތުރު ކޮރެއާއިން ގުއާމްގެ ކަނޑުގެ ސަރަހައްދަށް ހަމަލާ ދީފާނެ ކަމުގެ އިންޒާރު ދިނެވެ.
ނަމަވެސް އަންގާރަ ދުވަހު އެމެރިކާއިން އަމަލް ކުރާ ގޮތަކަށް ބަލަން ހަމަލާ ދިނުން މަޑު ޖައްސާލާފައިވާ ކަމަށް އެގައުމުންވަނީ ބުނެފައެވެ. އެމެރިކާގެ ރައީސް މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ އުތުރު ކޮރެއާގެ ނިންމުން ވިސްނުންތެރި ކަމަށެވެ. އަދި އެއްވެސް ކަހަލަ ހަމަލާއެއް ދެ ފަރާތަށް ވެސް ބޮޑެތި ގެއްލުންތަށް ދޭނެ ކަމުގައި ޓްރަމްޕް ވަނީ ފާހަގަ ކުރައްވާފައެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާރ ޕްރޮގްރާމަކީީ ހުޅަނގުގެ ގައުމު ތަކުގެ އިތުރުން އުތުރު ކޮރެއާގެ އެންމެ ބޮޑު މިތުރު ކަމައްވާ ޗައިނާއިން ވެސް އެކަން މަޑު ޖައްސާލުމަށް އެދިފައިވާ ޕްރޮގްރާމެކެވެ. ޗައިނާ އިން ބުނެފައިވަނީ މ މައްސަލައިގައި އެމެރިކާ އަދި ކޮރެއާއިން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ޗައިނާ އިން ހުރިހާ ކަމެށް ކުރަން ދޫކޮށް ނުލަން އެގައުމުން ވަނީ އެދިފައެވެ.