English Edition
Dhivehi Edition

ދިވެހި ރެޑް ކްރެސެންޓު، ސ.ގޮފި ހިތަދޫ ޔުނިޓުން މާދަމާ (18 އޯގަސްޓް)، ހުކުރު ދުވަހު އާއިލީ ހަވީރެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ..

ދިވެހި ރެޑް ކްރެސެންޓަށް 8 އަަހަރު ފުރުމާއި ދުނިޔޭގެ އިންސާނިއްޔަތު ކަމުގެ ދުވަހާއި ގުޅުވައިގެން ބާއްވާ މި ހަވީރުގެ ހަރަކާތްތައް ކުރިއަށް ދާނީ ހުކުރުދުވަހުގެ ހަވީރު 6-4 އަށް ވިލާ ކޮލެޖް ކުރިމަތީގައި އޮތް ކޯނާ ޕާކުގައެވެ..

މިހަވީރުގައި ކުޑަކުދިންނާ ގުޅޭ ތަފާތު ސްޓޯލްތަކާއި އަދި އެމް.އާރް.ސީ އާއި ގުޅުންހުރި ސްޓޯލްތައް ހުންނާނެއެވެ. މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓާއި ބެހޭ ތަފާތު މައުލޫމާތު ފޯރު ކޮއްދިނުމުގެ އިތުރުން ތަފާތު އެކި ކަންކަމާ ގުޅޭ މައުލޫމާތު ފޯރު ކޮއްދޭވޭނެއެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ސ.ގޮފިން ތަފާތު އެކި ހަރަކާތްތަށް މިފަހަކަށް އައިސް ކުރިއަށް ގެންދެއެވެ. މިގޮތުން ދާދި ފަހުން ސްޓޭންޑާޑް ފަސްޓް އެއިޑް ޕްރޮގްރާމެއްވެސް ވަނީ މުޅި އައްޑުއަށް ހުޅުވާލައިގެން ހިންގާފައެވެ.