English Edition
Dhivehi Edition

ގާރލް ގައިޑް ޔަންގް ލީޑަރުން އިސްނަގައިގެން ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި “ހިތްވަރު” ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން ގާރލް ގައިޑް ޔަންގް ލީޑަރުން އިންތިޒާމްކޮށްގެން ތިނަދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރު ބޭއްވީ މިއަދުގެ 16:00 ގައި ތިނަދޫ ކުސީ ޕާކުގައެވެ.

ގދ. އަތޮޅުގެެ ފުރަތަމަ ޔަންގް ލީޑާރުންގެ ރައީސާ މަރިޔަމް ޝިމްރާ ޔާސިރު ވިދާޅުވީ މިހަވީރުގެ މަޤުސަދަކީ ކުޑަކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އިތުރުކުރުން ކަމަށާއި މިހަރަކާތަކީ ޖުމްހޫރީ ދުވަހު ކުޑަކުދިންނަށް ޔަންގް ލީޑަރުންގެ ފަރާތުން ޚާއްސަ ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ބޭއްވި ހަރަކާތެއް ކަމަށެވެ.

މިހަވީރުގައި ކުޑަކުދިންނާއި ގުޅޭ ގިނަ ކުޅިވަރު ސްޓޯލްތަކެއް ބަހައްޓާފައިވާ އިރު ސްޓޯލް ފެއަރ އެއްގެ ގޮތުގައި ކޮންމެ ސްޓޯލަކުންވެސް 02 ރުފިޔާ ނަގާފައިވެއެވެ.

މިހަރަކާތުގެ ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވީ ޑީ.އެމް.އެން ކޮންޕެނީސް އާއި ހުވަދޫ ސްވިމިންގ ކްލަބް އާއި ހަވަރު ސްޕޯޓްސް އާއި މޯލްޑިވްސް ޕޮލިސް ސާރވިސް އާއި އެވިޑް ކޮލެޖާއި ނޮވާޓެކްގެ އިތުރުން ސްޕޯޓްސް ކްލަބް ޔުނީކް އެވެ.