English Edition
Dhivehi Edition

ރޯދަމަހާ ދިމާކޮށް މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގެ ޓިކެޓް އަގު 40 އިންސައްތަ ހެޔޮކޮށްފިއެވެ. 9 ސަރަޙައްދަކަށް ޚާއްޞަކޮށްގެން އަގަށް މިގެނައި ބަދަލު މިމަހު 27 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހު 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ. މިގޮތުން ކުރިން މާލޭއިން ކަޑެއްދޫއަށް ދިޔުމަށް 1599 ރުފިޔާއަށް ލިބޭ ޓިކެޓް މި މުއްދަތުގައި 959.4 ރުފިޔާއަށް ލިބޭނެއެވެ. މާލެއިން ހަނިމާދުއަށް 1555 ރުފިޔާ ލިބެން ހުންނަ ޓިކެޓް 933 ރުފިޔާއަށް ލިބޭނެއެވެ. އަދި މާލެ އިން ދަރަވަންދުއަށް 1111 ރުފިޔާއަށް ހުންނަ ޓިކެޓް 666.6 ރުފިޔާއަށް ލިބޭނެއެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެއަރލައިންގެ ޚިދުމަތް ދެމުންގެންދާ މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގެ 10 ސަރަޙައްދަކަށާއި ރާއްޖެއިން ބޭރުގެ 10 ސަރަހައްދަކަށް އެ އެއަރލައިންގެ ދަތުރުތައް ކުރަމުންގެންދެއެވެ. މޯލްޑިވިއަންގެ އަގުހެޔޮ ޓިކެޓް ލިބޭނީ މިމަހު 10 ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އަގުހެޔޮ ޓިކެޓްގެ ދަތުރުކުރުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ދިވެހިންނަށާއި ވޯކް ޕާމިޓް އޮންނަ ބިދޭސީންނަށެވެ.