Family Court ge ghaazee Huzaifa aai ithuru magistrate ehge massala balanee - AO News Family Court ge ghaazee Huzaifa aai ithuru magistrate ehge massala balanee

ކޮވިޑް 19ކަވަރޭޖް

1,286,664CONFIRMED
271,882RECOVERED
944,336ACTIVE
70,446DEATHS
19CONFIRMED
13RECOVERED
6ACTIVE
0DEATHS
ޖުޑީޝަލް ސަރވިސް ކޮމިޝަން - ފޮޓޯ: ރާއްޖެ އެމްވީ
ފެމިލީ ކޯޓުގެ ޤާޟީ ހުޒައިފާ އާއި އިތުރު މެޖިސްޓްރޭޓެއްގެ މައްސަލަ ބަލަނީ
1 މަސް ކުރިން

ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

Advt

Advertisement

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީން ބެލުމަށްފަހު، މިއަދު އޮތް އެ ކޮމިޝަންގެ ބައްދަލުވުމަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ކޮމިޓީން ބަލަން ނިންމާފައިވާ ދެ މައްސަލައެއްގެ ތަޙުޤީޤު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ.

އެގޮތުން ޖޭއެސްސީން ތަޙުޤީޤު ކޮމިޓީ އެކުލަވާލާފައި ވަނީ ފެމިލީ ކޯޓުގެ ޤާޟީ އަލްއުސްތާޛާ ހުޒައިފާ މުޙައްމަދާއި ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް، އަލްއުސްތާޛް ޢަބްދުއްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލަތަކެއް ބެލުމަށެވެ.

ނަމަވެސް އެ މައްސަލަތަކާއި ގުޅޭ އެއްވެސް ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހުވެސް ޖޭއެސްސީން ވަނީ ޤާޟީ ހުޒައިފާއާއި ބެހޭގޮތުން ހުށަހެޅުނު ޝަކުވާއެއް ނުބަލަން ނިންމައިފަ އެވެ. އެގޮތުން ހުޒައިފާ އާއި ދެކޮޅަށް އެ މައްސަލަ ހުށަހެޅި ފަރާތަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތަކަށްވުމުން، އެ މައްސަލައިގައި ހުޒައިފާގެ މައްސަލައެއް އޮތް ކަމަށް ނުފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ޖޭއެސްސީން ވަނީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ޢަބްދުއްނާޞިރު ޝަފީޤާ ބެހޭގޮތުން 07 އޮކްޓޯބަރ 2019ގައި ތަޙުޤީޤު ކުރުމަށް ނިންމި މައްސަލަ ސާބިތު ނުވާ ކަމަށްވެސް މިއަދު ނިންމައިފަ އެވެ.

އަދި ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢަޒީމް ޙަސަންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ލޯންޗަކަށް ދަތުރު ހޯދުމާއި، އެ ދަތުރުތަކާ ގުޅޭ ވިޔަފާރީގައި ޢަމަލީ ގޮތުން މެޖިސްޓްރޭޓް ޢަޒީމް ޙަސަން އުޅެފައިވާކަން ސާބިތުވެފައިވާތީ، މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަސް ދުވަހުގެ މުއްދަތަށް އޭނާ ސަސްޕެންޑް ކުރުމަށްވެސް ޖޭއެސްސީން މިއަދު ނިންމި އެވެ. އަދި މެޖިސްޓްރޭޓޤ ޢަޒީމް ޙަސަންއާ ބެހޭގޮތުން 16 ޖެނުއަރީ 2019 ގައި ތަޙުޤީޤު ކުރމަށް ނިންމި މައްސަލަ ސާބިތުނުވާ ކަމަށްވެސް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.