ދަރިމައި ނުވުމުގެ މައްސަލަތަކަކީ މިހާރު ވަރަށް ގިނައިންދިމާވާ މައްސަލަތަކެކެވެ. އެތައް ބަޔަކު މިއަދު ބޮޑު ހަރަދެއް ކުރާއެއް ފަރުވާއަކަށް މިމައްސަލަތައް ހިމެނެއެވެ. އެގޮތުން އާންމުކޮށް ފިރިހެން މިހާއަށް ދިމާވާ މައްސަލަތަކުގެތެރޭގައި ދަރިފަނީގެ ކައުންޓްމަދުވުމާއި ދަރިފަނީގައި ބާރުދެރަވުންހިމެނެއެވެ.
އިންޑޮނޭޝިއާގެ ޗައިލްޑް ޕްރޮޓެކްޝަން އޮފިޝަލަކު ދާދިފަހުން ބުނީ ބާރުގަދަ ދަރިފަނި ހުންނަ މީހުން ފަތާ ސްވްމިންގް ޕޫލްތަކުގައި އަންހެނުން ފެތުމުން މާބަނޑު ވުމަށް ފުރުސަތު އޮންނަކަމަށެވެ. ސިއްޓި ހިކްމަވަޓީ މިހެން ބުނެފައިވަނީ އިންޑޮނޭޝިއާގެ ޗައިލްޑް ޕްރޮޓެކްޝަން އެޖޭންސީއިން އެގައުމުގެ ނޫހަކަށް ސިއްޙަތާއި ބެހޭގޮތުން ދިން އިންޓަވއިުއެއްގައެވެ.
ސިއްޓި މީގެއިތުރުން ބުނީ އާންމުގޮތެއްގައި ސްވިމިންގ ޕޫލްތަކުގައި ފިރިހެންވެރިން އަންހެންވެރިން ފެނުމުން “އިޖެކުލޭޓް” ކުރުމުން ޕޫލްގައި ދަރިފަނި ހުރުމުގެ ފުރުސަތު އޮތުމުން، ޕޫލްގައި ޖިންސީއެދުން ނުފުއްދިކަމުގައި ވިޔަސް އެފަނިތަކުން އަންހެން ވެރިން މާބަނޑުވެދާނެ ފުރުސަތު އޮވެދާނެކަމަށް އޭނަގަބޫލު ކުރާކަމަށެވެ.
ސިއްޓި މިހެން ބުނެފައިވީ ނަމަވެސް އިންޑޮނޭޝައަން ޑޮކްޓާސް އެސޯސޮއޭޝަންގެ ޑޮކްޓަރަކުބުނީ އެއީ ވެދާނެކަމެއްކަމަށް އޭނަ ގަބޫލުނުކުރާކަމަށެވެ. މީގެ އިތުރުން އެހެންޑޮކްޓަރަކުވެސް ވަނީ ސިއްހީ މައްސަލަތަށް ސިއްޓިއަށް ނޭންގޭނަމަ އެވާހަކަ ނުދެއްކުމަށާއި އެފަދަވާހަކަ ތަކަކީ މީހުން ބިރުގަންނަ ފަދަ ވާހަކަތަކެއް ކަމަށް ބުނެ ފާޑުކިޔާފައެވެ. އިތުރަށް އެޑޮކްޓަރ ބުނެފައިވަނީ އޭނަ ގަބޫލުކުރާގޮތުގައި ކްލޮރިނޭޓް ކޮށްފައިވާ ސްވިމިންގް ޕޫލުތަކުގައި ދަރިފަނި ދިރިހުންނާނެ ކަމަށް އޭނަގަބޫލު ނުކުރާކަމަށެވެ.
މިވާހަކަ އާއި ގުޅިގެން ފަހުން ސިއްޓިވަނީ އިންޑޮޮނޭޝިއާގެ ރައްޔިތުން ކިބައިން މާފަށްއެދިފައެވެ.ސިއްޓިމާފަށް އެދެމުންބުނީ އެވާހަކަތަކަކީ އޭނަގެ އަމިއްލަ ވިސްނުކަމަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.