Finance Ministry ah Expenditure Policy Consultant aku hoadhanee - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން
ފިނޭންސް މިނިސްޓްރީ - ފޮޓޯ: އަވަސް

މިނިސްޓްރީ އޮފް ފިނޭންސް އަށް އަށް އެކްސްޕެންޑިޗަރ ޕޮލިސީ ކޮންސަލްޓަންޓަކު ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީގެ ފިސްކަލް އެފެއަރޒް ޑިޕާޓްމަންޓުގެ ދަށުން އިކޮނޮމިކް އެންޑް އެކްސްޕެންޑިޗަރ ޕޮލިސީ ޔުނިޓެއް ޤާއިމުކޮށް، އެ ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ކަމާގުޅޭ ދާއިރާއިން ތަޢުލީމު ޙާސިލްކުރައްވާ އަދި ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނަށް އެކްސްޕެންޑިޗަރ ޕޮލިސީ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ވަނީ މިހާރު ޝާއިޢުކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 މާރިޗު 3 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން “އެކްސްޕްރެޝަން އޮފް އިންޓަރެސްޓް” މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ފޮނުއްވުމަށް އެދޭ ކަމަށެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ)އާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައްވެސް ހުށަހަޅުއްވަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.