English Edition
Dhivehi Edition

އިންޑިއާގެ މަޝްހޫރު ހޯސްޓް އަދި ލަވަކިޔުންތެރިޔާ އަދިތްޔާ ނާރަޔަން އަށް ދަރިއަކު ލިބެން އުޅޭ ކަން އިއުލާންކޮށްފި އެވެ.

އަނބިމީހާ ޝުވޭތާ އަގަރްވާލްއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން އަދިތުޔާ ބުނެފައި ވަނީ ދަރިޔަކު ލިބެން އުޅޭތީ ދެމަފިރިން ވަރަށް އުފަލުން ތިބި ކަމަށެވެ. އަދި އެމީހުންގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔުމަށް ދެމަފިރިންވެސް ތައްޔާރުވަމުންދާކަމަށް އަދިތްޔާ ވަނީ ބުނެފައެވެ،

އަންނަން އުޅޭ އުފާވެރިކަމަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަކަމަށް ޝުވޭތާ ބުނެފައިވާއިރު، ގިނަ ބަޔަކު އަންނަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

އިދިތްޔާ އާއި ޝުވޭތާ ރައްޓެހިވީ 2010 ގެ “ޝަޕިތު” ގެ މަސައްކަތް ކުރި ދުވަސްވަރުއެވެ. މި ދެމީހުން ކައިވެނިކޮށްފައިވަނީ 2020 ވަނަ އަހަރުއެވެ،