English Edition
Dhivehi Edition

ޔުއެފާއިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަ ކުރާ ކުޅުންތެރިން ޔޫއެފްއާއިން އިއުލާން ކޮށްފި އެވެ
މި އެވޯޑަށް މި ފަހަރު ނޮމިނޭޓް ވެފައިވާ ތިން ކުޅުންތެރިންނަކީ މިދިޔަ އަހަރު މި އެވޯޑް ހޯދި ރިއާލް މެޑްރިޑުގެ ޕޯޗުގަލް ފޯވާޑް ރޮނާލްޑޯ އާއި ބާސާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ އަދި ޖުވެންޓަސްގެ އިޓަލީ ކީޕަރު ބުފޮންއެވެ.

އެވޯޑަށް ވޯޓް ދިނުމުގެ ފުރުސަތު ޔުއެފާގެ 55 ގައުމުގެ ފުޓްބޯޅަ ނޫސްވެރިންނަށާއި ޔޫއެފްއާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގްގެ ގުރޫޕް ސްޓޭޖުގައި ވާދަ ކުރާ 80 ޓީމުގެ ކޯޗުންނަށް މި އެވޯޑް އަށް ވޯޓް ދިނުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

މި އެވޯޑްއަށް ވާދަ ކުރާ ފައިނަލް ކުޅުންތެރިއަކަށް އެ ޓީމް އެއްގެ ކޯޗަކަށް ވޯޓް ނުދެވޭނެއެވެ.
މީގެ ކުރިން ރޮނާލްޑޯ އާއި މެސީ ދެ ފަހަރަށް ކޮންމެ ކުޅުންތެރިއަކަށް މިއެވާޑް ކާމިޔާބު ކޮށްފައި ވާއިރު ބުފޯންއަށް އަދި މިހާތަނަށް މި އެވޯޑް ހޯދިފައެއް ނުވެއެވެ.މި އެވޯޑް މެސީ 2010/2011 އަދި 2014/2015 ވަނަ އަހަރު ހޯދާފައިވާއިރު ރޮނާލްޑޯވަނީ 2013/2014 ވަނަ އަހަރާއި ބަޔާން އަށް ކުޅޭ ފްރާންސްގެ ފްރޭކް ރިބަރީ އާއި ސްޕެއިންގެ ބާސެލޯނާއަށް ކުޅޭ އިނިއެސްޓާއެވެ.

މިއަހަރު ޔުއެފާ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާ ހޮވާއިރު އުއެފާއިން ވަނީ މިއަހަރު މުޅިން އަލަ ހޮވާ މަގާމުތަށް ވެސް އިއުލާން ކޮށްފައެވެ.ޔުއެފާއިން މިއަހަރު އަލަށް ހޮވާ މަގާމުތަކަކީ އެންމެ މޮޅު ކީޕަރު،އެންމެ މޮޅު ފަހަތަށް ކުޅޭ ކުޅުންތެރިޔާ،އެންމެ މޮޅަށް މެދަށް ކުޅޭ ކުޅުންތެރިޔާ އަދި އެންމެ މޮޅު ފޯވާޑްއެވެ.މި ހުރިހާ މިގާމުތަށް ވެސް ހޮވުމަށް ހަމަޖެހިފައިވަނީ މިއަހަރު ބާއްވާ ޗެމްޕިއަންސް ލީގުގެ ގުރުއަތު ނެގުމުގެ ރަސްމީޔާތުގައި މިމަހު 24ގައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އޮގަސްޓް 24 ވަނަ ދުވަހު ހޮވުމަށް ހަމަޖެހިފައިވާއިރު އެ ދުވަހު ވަނީ ފްރާސްގެ މޮނާކޯގައި ޔުރޮޕާލީގުގެ ގުރުއަތުގައި އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ހަމަޖެހިފައެވެ.

އެ ވޯޑަށް ވާދަކުރަނީ މެންޗެސްޓަ ޔުނައިޓެޑްގެ ޕޮގްބާ،މިކްތަރިޔަން އަދި ޒަލަޓަންއެވެ.