English Edition
Dhivehi Edition
މެސީ

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ‘ބެލޮންޑިއޯ އެވޯޑް’ އާޖެންޓީނާގެ ލިއޮނަލް މެސީ އަށް ލިބިއްޖެއެވެ. މިއީ މި އެވޯޑް މެސީ ކާމިޔާބުކުރި 8 ވަނަ ފަހަރެވެ.

ފްރާންސް ފުޓުބޯޅަ އިން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑު މިއަހަރުގެ މެސީ ހާސިލްކުރީ ސްޕެއިންގެ ރޮޑްރީ، ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ، ނޯވޭގެ އާލިން ހާލަންޑް، އަދި ފްރާންސްގެ ކީލިއަން އެމްބާޕޭއާ ވާދަކޮށެވެ. މެސީ އަށް މި އެވޯޑް ހަވާލުކޮށްފައިވަނީ އޭނާ މިހާރު ކުޅޭ ޓީމް، އެމެރިކާގެ އިންޓަ މިއާމީގެ ވެރިޔާ ޑޭވިޑް ބެކަމްއެވެ، މިއަހަރުގެ ބެލޮންޑިއޯ އެވޯޑް މެސީއަށް ލިބިފައިވަނީ މިދިޔަ އަހަރުގެ ފީފާ ވޯޑުކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށް ދިނުމުގައި އާދަކޮށްފައިވާ މުހިއްމު ރޯލާއެކު އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލުކޮށްފައިވާތީއެވެ،

މީގެ ކުރިން މެސީ ބެލޮންޑިއޯ އެވޯޑް ހޯދާފައިވަނީ 2009، 2010، 2011، 2012، 2015، 2019 އަދި 2021 އެވެ. އެހެންނަމަވެސް މިދިޔަ އަހަރު ގަދަ 30 ގައިވެސް މެސީ ހިމެނިފައި ނުވާއިރު މިއީ 2005 ވަނަ އަހަރުގެ ފަހުން އޭނާ ނުހިމެނުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ބެލޮންޑިއޯ އެވޯޑުގައި މެސީ އާއި އެންމެ ގާތުން ވާދަކުރަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާއަށް އެ އެވޯޑް ލިބިފައިވަނީ ފަސް ފަހަރުއެވެ.

ޓެގު