SCEAM in G.Dh Atoll gai kuriah gendhiya leadership program ah bodu tharuheebeh - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އިން ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ލީޑަރ ޝިޕް ޓްރެއިނިން ޕްރޮގްރާމް 110 ބައިވެރިންނާއެކު ނިންމާލައިފިއެވެ.

އިންސްޓިޓިއުޓް އޮފް އެޝުއަރެންސް އާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ފެސިލިޓޭޓަރ އެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވެވީ އާދަން ނަސީރު ޙުސައިނެވެ.

އިއްޔެ މެންދުރު ގދ.އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ތިނަދޫގެ އިތުރުން އެއަތޮޅުގެ އެހެން ރަށްރަށުންނާއި އަދި ގ.އަލިފުގެ ޓީމެއްވެސް ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދިޔަ ވަގުތު އޮޑިޓަރ ޖެނެރަލް އާއި ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ވަނީ ޕްރޮގްރާމު ކުރިއަށް ދާ ގޮތް ބައްލަވާލެއްވުމަށް އެތަނަށް ވަޑައިގެންފައެވެ.

5 މޮޑިއުލް އަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ ދެޖިންސުގެ ޒުވާނުންނަށާއި ލީޑަރިޝިޕްގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. މި ޕްރޮގްރާމުގައި ތިނަދޫގެ އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވަވާ ކެންޑިޑޭޓުންނާއި އަދި ޖަމިއްޔާ ތަކުގައި މަސައްކަތް ކުރާފަރާތްތަކާއި އޮފީސްތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ސްކީމްގެ ގދ. އަތޮޅު ޗެޕްޓަރ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަށް ތިނަދޫ ކައުންސިލުން ނާއި އަތޮޅު މަދުރަސާއިން ވަނީ ފުރިހަމަ އެހީތެރިކަމެއް ފޯރުކޮށްދެއްވަވާފައެވެ.

ޕްރޮގްރާމާ ބެހޭގޮތުން ގދ. އަތޮޅު ޗެޕްޓަރގެ ޗެއަރ ޕާރސަން އަމީޒާ އަފީފް ވިދާޅުވީ މިއީ ތިނަދޫގެ ތާރީޚުގައި ވެސް މިފަދަ ޕްރޮގްރާމެއްގައި މިހާގިނަ މީހުން ބައިވެރި ޕްރޮގްރާމު ކަމަށާއި މިކަމުން އެނގެނީ މިފަދަ ފުރުސަތުތަކަށް ތިނަދޫގެ ޒުވާނުން ބޭނުންވެފައިވާ މިންވަރު ކަމަށެވެ.

ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ބުނީ މިފަދަ ތަމްރީނު ޕްރޮގްރާމުތައް އަބަދުވެސް ބާއްވާތަން ފެންނަމުން ދަނީ މާލޭގައި ކަމަށާއި އަމިއްލަ ރަށުގައި ތިބެގެން ލިބޭ ފުރުސަތުތައް މަދު ކަމަށެވެ. އަދި ސްކީމް އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުން ފައިދާހުރި ގިނަ މައުލޫމާތު ތަކެއް ލިބިގެން ދިޔަ ކަމަށާއި މުސްތަގުބަލުގައި ވެސް މިފަދަ އިތުރު ފުރުސަތުތަކަށް އުއްމީދު ކުރާ ކަމަށެވެ.

ސްކީމަކީ ރާއްޖޭގެ ދެކުނުގެ 4 އަތޮޅުގެ ހުރިހާ އުމުރު ފުރައެއްގެ ދެޖިންސުގެ މީހުންނަށް އަމާޒުކޮށްގެން  ތަފާތު ދާއިރާތަކުން މީހުން ބާރުވެރިވެރިކުރުވައި މީހުން ބިނާ ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ސަރަހައްދީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވަނީ  2019 ވަނަ އަހަރުގެ ޖޫން މަހުގައެވެ. މި ޖަމިއްޔާގައި ދެކުނުގެ 4 އަތޮޅުން ކުރެ ކޮންމެ އަތޮޅެއްގައި ޖަމިއްޔާ ތަމްސީލް ކުރާ އަތޮޅު ޗެޕްޓަރ އަކާއި އަދި ގައުމީ ހިންގާ ކޮމެޓީއެއް އެކުލަވާލާފައިވެއެވެ.