English Edition
Dhivehi Edition

އައްޑޫސިޓީގެ ހާލަތު ބަދަލުކުރުމަށްޓަކައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިލައްވަވާނެ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމުން ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވަވާފައެވެ. އަދި މިއަދު ލަތީފް އޭނަގެ ކެނޑިޑެންސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ އައްޑޫސިޓީން ކައުންސިލް އިންތިޚާބުގައި މޭޔަރު ކަމަށް ވާދަކުރެއްވުމަށް ނިކުންނަވަނީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ ނިޒާރެވެ. ނިޒާރު އެޕާޓީގެ ޓިކެޓް ހޯއްދެވީ މިހާރުގެ މޭޔަރ އަބްދުﷲ ޞާދިގް އާއި އެމްޑީޕީގެ އައްޑޫސިޓީގެ ގޮފީގެ ރައީސް އަޙްމަދު އަދުހަމް އާއި ވާދަކޮށް ބޮޑު ތަފާތަކުންނެވެ.

ނިޒާރުވެސް މޭޔަރު ކަމުގެ މަގާމަށް ވާދަކުރައްވަން ނިކުންނެވީ އައްޑޫގެ ހާލަތު ބަދަލު ކުރުމަށް ވިދާޅުވެ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ. ނިޒާރު ވިދާޅުވެފައިވަނީ އައްޑޫއަށް އާ ލީޑަރޝިޕެއް ބޭނުންވާ ކަމަށާއި ބޭނުންވަނީ ސަރުކާރާގުޅިގެން މަސައްކަތް ކޮށް އައްޑޫ ތަރައްގީކޮށްދެވޭނެ ބަޔަކު ކައުންސިލަށް އައުން ކަމަށެވެ.

އައްޑޫސިޓީ ކައުންސިލުން ބުނަމުން ދަނީ ވޭތުވެދިޔަ ތަނުގައި އައްޑޫއަށް ބޭނުންވާ ތަރައްގީ ގެނެސް ދެވިފައި ނުވަނީ ސަރުކާރާއި އިދިކޮޅު ޓީމެއްކައުންސިލުގައި އޮތުމުން ސަރުކާރުން ކަންކަން ކޮށްދޭން ބޭނުން ނުވުމުން ކަމަށެވެ.

1 ކޮމެންޓް
Sitee
ފެބުރުއަރީ 21, 2020
Ppm faction ge nooheh veema Addu City ofeehe raeesah nimuneema hairaaneh nuvee. Adhuhamakaee addy City ge raees. Kon goipekee kiyaakah.