English Edition
Dhivehi Edition

ޕާކިސްތާނުގައި 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރޭޕްކުރުމަށްފަހު މަރާލައިފި އެވެ.

އިއްޔެ މީސްމީޑިޔާގައި ދައުރުވަމުން ދިޔަ ޕޯސްޓެއްގައި ބުނެފައި ވަނީ 15 އަހަރުގެ މުއްޒަމިލް ހުސެއިން ނަމަކަށް ކިޔާ ފިރިހެން ކުއްޖަކު 12 ދުވަސްވަންދެން ރަހީނުކޮށް ރޭޕުކުރުމަށްފަހު މަރާލާފައިވާ ކަމަށެވެ. ޕާކިސްތާނުގެ މަންޑި މަހާއުއްދީން ހިސާބަށް ނިސްބަތްވާ މި ކުއްޖާ މަރާލާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ.

މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މުއްޒަމިލް ގެއްލިގެން އުޅޭކަމުގެ ވާހަކަތަށް މީސްމީޑިޔާގައި ފެތުރެން ފެށިއެވެ. މި ކުއްޖާ ރަހީނުކޮށްފައި ވަނީ އޭނާ ސްކޫލަށް ދިޔަ މަގުމަތީގައި ކަމަށް މައުލޫމާތު ލިބެއެވެ.

މީސްމީޑިޔާގައި މި ކުއްޖާގެ ވާހަކަތައް ގެނެސްދީފައިވާ މީހަކު ބުނެފައި ވަނީ ކުއްޖާ މަރާލާފައި ވަނީ އޭނާގެ އިތްފައި ބުރިކުރުމަށްފަހުގައި ކަމަށެވެ. އަދި ކުއްޖާގެ އާއިލާއަކީ އެހާ ތަނަވަސް އާއިލާއަކަށް ނުވުމުން ކުއްޖާއަށް އިންސާފުހޯދައި ދިނުމަށް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

ޕާކިސްތާނުގައި ރޭޕްގެ މައްސަލަތައް އިތުރުވަމުން އަންނައިރު ގިނަ މައްސަލަތަކަށް އިންސާފުނުލިބުމުގެ ޝަކުވާތައް އަންނަނީ ގިނަވަމުންނެވެ.