English Edition
Dhivehi Edition
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މަންޒަރެއް - ފޮޓޯ: ޢާއިޝަތު ނަޖް

ވަގަށް ނަގާފައިވާ ތަކެއްޗާއި އެކު ހިތަދޫއިން 2 ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ޕެޓްރޯލް ކުރަމުން ދަނިކޮށް ރޭ ފަތިހު 04:40 ހާއިރު ހިތަދޫ ފިހާރައެއްގެ ބިއްލޫރި ތަޅާލައިގެން ވަދެ ވައްކަން ކުރި 2 ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ރޭ ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ މި ދެމީހުން ފިހާރައިން ވަގަށް ނަގާފައިވަނީ 32 ފޯނާއި، 2 އައިޕެޑާއި، 11 ގޭމް ސީޑީ އާއި 2 ސްޕީކަރާއި، 1 އެޕަލް ގަޑިއާއި 1 ހެޑްސެޓްގެ އިތުރުން 27 ސްކްރީން ޕްރޮޓެކްޓަރ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.