English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޑިފެންސްގެ އާ ވެބްސައިޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްްމަދު ޞާލިޙު މިއަދު އިފްތިތާޙުކޮށްދެއްވައިފި އެވެ.

މިނިސްޓްރީ އޮފް ޑިފެންސްގެ އާ ވެބްސައިޓް އިފްތިތާޙުކޮށްފައި ވަނީ މިއަދު ހެނދުނު ކުރިއަށްދިޔަ އެމްއެންޑީއެފްގެ ކޮމާންޑަރސް ކޮންފަރެންސްގެ ޖަލްސާގައެވެ.

ޑިފެންސް މިނިސްޓްރީން ވިދާޅުވީ މި ވެބްސައިޓަކީ، ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ ވެބްސައިޓްތަކުން، ވީހާވެސް ފަސޭހައިން ރައްޔިތުންނަށް މަޢުލޫމާތު ލިބޭނެހެން އެއްގޮތް ކުރެއްވުމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ފަށްޓަވާފައިވާ ސްޓޭންޑަރޑައިޒޭޝަން ޕްރޮގްރާމްގެ ދަށުން ފަރުމާކުރެވިފައިވާ ވެބްސައިޓެއް ކަމަށެވެ.

“މި ވެބްސައިޓް ފަރުމާކުރުމުގައި މިނިސްޓްރީ އޮފް ކޮނިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ދެއްވި ފަންނީ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި، މިނިސްޓަރ އޮފް ޑިފެންސާއި މިނިސްޓްރީ އޮފް ޑިފެންސްގެ އެންމެހާ މުވައްޒަފުންގެ ފަރާތުން، ޝުކުރު ދަންނަވަމެވެ.“ ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.

މި ވެބްސައިޓް ފަރުމާކުރުމުގައި ޙަރަކާތްތެރިވި މިނިސްޓްރީ އޮފް ޑިފެންސްގެ މުވައްޒަފުންނަށްވެސް މިނިސްޓަރ އޮފް ޑިފެންސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.