English Edition
Dhivehi Edition
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުން ހިންގާ ގަން އިންޓަނޭޝަނަލް އެއާޕޯޓް - ފޮޓޯ: މިހާރު

އައްޑޫ އިންޓަރނެޝަނަލް އެއާޕޯޓް (އޭއައިއޭ) ގައި ހިމެނޭ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާ ދޫކޮށްލުމަށް އެކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައ ވަނީ އޭއައިއޭގައި ހިމެނޭ އެކުންފުނީގެ އެންމެހައި ހިއްސާ ވަނީ، އެ ކުންފުނީގެ މައި ޙިއްޞާދާރު ކަމުގައިވާ ދިވެހި ސަރުކާރުގެ ނަމަށް ބަދަލުކުރުމަށް ނިންމާފައި ކަމަށެވެ. އެގޮތުން، އޭއައިއޭގައި ހިމެނޭ އެސްޓީއޯގެ އެންމެހައި ހިއްސާ ދިވެހި ސަރުކާރުގެ ނަމަށް ބަދަލުކުރެވެނީ، އެ ކުންފުނީގެ ހިސާބުތަކުގައި ހުރި ހިއްސާތައް އަގުކުރެވިފައިވާ އަގަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަކީ ދިވެހި ދަޢުލަތާއި، މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑާއި އެސްޓީއޯގެ ހިއްސާ ހިމެނޭގޮތަށް، 2011 ވަނަ އަހަރު ރަޖިސްޓަރީ ކޮށްފައިވާ ލިމިޓެޑު ލަޔަބިލިޓީ ކުންފުންޏެކެވެ. އޭއައިއޭގައި އެސްޓީއޯގެ ހިއްސާ އެކުލެވިގެންވާ ނިސްބަތަކީ މޫނުމަތީ އަގުގެ 1,000.00ރ. ގެ 40,000.00 އާންމު ހިއްސާއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޑެޓަކީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުންޏެވެ.

2 ކޮމެންޓް
Addu Rayyithun
ފެބުރުއަރީ 17, 2020
Addu Gan Airport akee Addu Rayyithun ge asset eh, h'aqqeh. E Airport Addu City Council aai havaalukoh dhevvaa. Kunfuneege hurihaa hissaa eh Addu City Council ah dhookoh dhevvaa. Kunfuneege Asset adhi mihaaru huri faisaa aai hurihaa thakethi City Council ah hawaalukoh kunfuni hingaigen adhaakuran jehey dharangneh adhaa kuraagothah City Council in Airport hingan ulhefinama Addu Rayyithun nah manfaa eh kohfaane. Council thah function kureveynee mi kahala furusathu dhevigen.
އިބްތި
ފެބުރުއަރީ 16, 2020
އައްޑޫ އެއަރޕޯޓް ބިކަ ކޮެއްލަން ކުރި ކަމެއް. ބޭނުމަކީ ޢެއަރޕޯޓް ބަނގުރޫޓް ކޮއް ނުހިންގޭ ކަމަށް ދައްކައިގެން އިންޑިއާ އައް ޢެައަރޕޯޓް ވިއްކާލުން. އިންޑިއާ ސިފައިންގެ ބޭހަކަށް ހަދަން ޢޮތީ ނިންމާފަ. މިހާރު ތި އެއަރޕޯޓައް ކިރިޔާ ޥެސް ޢެއްއޗެއް ޅިބެނީ އެސްޓީއޯ ޢިން ކްރެޑިޓައްދޭ ތެލުން. ހިއްސާ އޮތީމަ މަހުންމަހައް ލާރި ނުހޯދާ އެސްޓީ އޯ އޮންނަނީ