English Edition
Dhivehi Edition

މިނިސްޓަރ އޮފް ހެލްތްގެ ނައިބުގެ މަޤާމަށް ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފި އެވެ.

މިއަދު ހެލްތު މިނިސްޓަރުގެ ނައިބުގެ މަޤާމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ޢައްޔަންކުރަށްވާފައި ވަނީ، ދަފްތަރު ނަންބަރު 115-94، އަބޫބަކުރު ޢަބްދުލްކަރީމް އެވެ.

އަބޫބަކުރު ޢަބްދުލްކަރީމް މީގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރގެ މަޤާމުގައެވެ. އަބޫބަކުރު ޢަބްދުލްކަރީމް ކުރިން ވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ޑިރެކްޓަރގެ މަޤާމުވެސް ފުރުއްވާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ އަބޫބަކުރު ޢަބްދުލްކަރީމަކީ ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް ދާއިރާއިން ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. މީގެ ކުރިން އަބޫބަކުރު ޢަބްދުލްކަރީމް ވަނީ އެޑްވާންސް ސެޓްފިކެޓް އިން ކޮމިއުނިޓީ ހެލްތް ކޯސް ފުރިހަމަކުރައްވާފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ހެލްތު މިނިސްޓަރަކަށް މިހާރު ހުންނަވަނީ އަބްދުﷲ އަމީނެވެ.