English Edition
Dhivehi Edition

ރާއްޖޭގައި އަޅާފައިވާ ބައިނަލްއަޤްވާމީ ފެންވަރުގެ ބީޗް ވޮލީ ޓްރެއިނިންގް ކޯޓް މިއަދު ހުޅުވައިފި އެވެ.

މި ކޯޓު ހުޅުއްވައި ދެއްވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ. ރައީސް އޮފީހުން ވިދާޅުވީ ހުޅުމާލެ ބީޗް ވޮލީ ކޯޓު ހުޅުއްވައިދެއްވުމަށްފަހު ރައީސް ޞާލިޙާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ހިމެނިވަޑައިގަންނަވާ ޓީމާއި ޤައުމީ ބީޗް ވޮލީޓީމުގެ ދެ ކުޅުންތެރިންކަމަށްވާ ޝިއުނާޒް އަޙްމަދު އަދި އަޙްމަދު ޢަލީ ހިމެނޭ ޓީމާއެކު ވޮލީމެޗެއް ކުޅުއްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ މިއަދު ކުޅުނު މެޗުން ފަސްޕޮއިންޓަށް ކުޅުނު މި މެޗް 5- 3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޤައުމީ ބީޗް ވޮލީ ޓީމުގެ ދެކުޅުންތެރިން ހިމެނޭ ޓީމުންނެވެ. އެއަށްފަހު ދެން ކުރިއަށް ދިޔައީ ރައީސް އާއި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، މިނިސްޓަރ އަޙްމަދު މަޙްލޫފު ބައިވެރިވެ ވަޑައިގަންނަވާ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ޓީމަކާއި ވެޓަރަންސް ވޮލީބޯލް ކުޅުންތެރިންގެ ޓީމަކާއި ބައްދަލުކުރި މެޗެކެވެ. މި މެޗް 24 ޕޮއިންޓް 23 ޕޮއިންޓުން ކާމިޔާބުކުރީ މިނިސްޓްރީގެ ވޮލީޓީމުންނެވެ.