English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ކާރުކޮޅަށް ފެންޖެހި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ރައީސް ގެ ކާރުކޮޅަށް ފެން ބަންޑުން ޖަހާލީ ހެންވޭރުގައި ހުންނަ އެޕާޓްމަންޓެއް މަތިން ކަމަށާއި އެކަން ހިނގި އިރު، ކާރުކޮޅުގައި ރައީސް ޞާލިޙު ނެތް ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލާގައި ފުލުހުން މީހަކު ކޮށްފައި ނުވެއެވެ.

ފުލުހުން ބުނީ މިއީ ގަސްދުގައި މީހަކު ކުރި ކަމެއްތޯ ނޫންތޯ ބެލުމަށް މި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ރައީސުލަޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ކާރުކޮޅަށް މިއަދު ހެނދުނު ފެން ޖެހިއިރު އެމަނިކުފާނު އުޅުއްވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ބޭއްވި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތުގައި އެމްޑީޕީ ހަރުގޭގައެވެ. ރައީސް މިއަދު ހުޅުމާލެ އަށާއި ވިލިމާލެ އަށް ވަޑައިގެންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ރައީސްގެ ކާރުކޮޅަށް ފެންޖެހިއިރު އެ ކާރުކޮޅުގައި ޑްރައިވަރަކު އިން ކަމަށެވެ. މީގެ އިތުރު ތަފްސީލެއް ރައީސް އޮފީހުންވެސް ހާމަކޮށްފައެއް ނުވެއެވެ.