ފޮޓޯ/ ހަސަން ސާޖިން
ޑީކޯ ޗެމްބަރު އައްޑޫގައި ބަހައްޓާތީ މުޒާހަރާކޮށްފި
6 ދުވަސް ކުރިން
އާމިނަތު ޚާލިސާ

ފީނަން އުޅުމުގެ ތެރޭގައި ޑައިވިން ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ)ވާ މީހުންނަށް ފަރުވާ ދޭ ޑިކޮމްޕްރެޝަން ޗެމްބަރު އައްޑޫ ސިޓީގައި ބަހައްޓަން ނިންމާފައިވާތީ ހުވަދު އަތޮޅުގެ ތިން ރަށެއްގެ މަސްވެރިން މުޒާހަރާކޮށްފި އެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ފީނަން އުޅުމުގެ ތެރޭގައި ޑީކޯ ވާ ފަރާތްތަކަށް ފަރުވާދެވޭނެ އިންތިޒާމު އައްޑޫ ސިޓީގައި ގާއިމްކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މަހުގެ ތިން ވަނަ ދުވަހު ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޑީކޯވާ މީހުންނަށް ފަރުވާދޭ ޗެމްބަރެއް އައްޑޫ ސިޓީގައި ބަހައްޓަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

Advt

Advertisement

އެ ޗެމްބަރު އައްޑު އަތޮޅުގައި ބަހައްޓަން ނިންމާފައިވާތީ މިއަދު ހަވީރު މުޒާހަރާ ކުރީ ގދ. ތިނަދޫ، ގއ. ގެމަނަފުށި އަދި ގއ. ނިލަންދޫގެ މަސްވެރިންނެވެ.

މި މުޒާހަރާގެ ބައިވެރިންވ ޗެމްބަރު ބެހެއްޓުން އެންމެ ރަނގަޅީ ހުވަދު އަތޮޅުގެ ރަށެއްގައިކަމަށް ބުނެ އަޑުއުފުލާފައިވާއިރު އެމީހުން ބުނީ އެންމެ ގިނަ މީހުން ޑައިވްކުރާ އަދި އެންމެ ގިނަ މީހުން ޑީކޯ ވަނީވެސް ހުވަދޫ އަތޮޅުގައި ކަމަށެވެ. އަދި އައްޑޫގެ ގިނަ މަސްދޯނިތައްވެސް އެން ނަގަން އަންނަނީ ހުވަދު އަތޮޅަށް ކަމަށް މުޒާހަރާގެ ބައިވެރިންވަނީ ބުނެފައެވެ.މި މައްސަލައިގައި ހުވަދު އަތޮޅުގެ މަސްވެރިން ބުނީ އައްޑު އަތޮޅުގައި ޗެމްބަރު ބަހައްޓައިފި ނަމަ އެތަނަށް ދާން ޖެހޭނީ ދޯންޏެއްގައި ނުވަތަ ލޯންޗެއްގައި ނުވަތަ ހެލިކޮޕްޓަރެއްގައިކަމަށްވާއިރު ކޮންމެ ގޮތަކަށް އައްޑޫއަށް ދިޔަޔަސް ދެވޭ އިރު ޑީކޯވެފައި އޮންނަ މިހާއަށް ހުންނާނީ ބޮޑު ގެއްލުމެއްވެފައިކަމަށެވެ.

އައްޑޫގައި ޗެމްބަރު ހަދަން ނިންމުމާއި ގުޅިގެން އައްޑޫ ގިނަ ބަޔަކު ވަނީ އައްޑޫގެ ޓޫރިޒަމް މަޑުމަޑުން ކުރިއަރާ ތަރައްޤީވަމުން ދާ އިރު މޫދު އަޑީގެ ރީތިކަން ބަލާލުމަށް އަންނަ މީހުންގެ އަދަދުވެސް އިތުރުވަމުންދާކަމަށް ބުނެފައެވެ. އެހެންނަމަވެސް ފީނައިގެންނާއި ޑައިވްކޮށްގެން ދިމާވާ ކުއްލި ހާލަތުގައި ފަރުވާދެވޭނެ ރަގަޅު އިންތިޒާމެއް އައްޑޫގައި ގާއިމް ކުރެވިފައި ނެތުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން މަސްވެރިންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.އަދި ޓޫރިޒަމާއި މަސްވެރިކަން ތަރައްޤީވެ ފުޅާވަމުންދާއިރު އައްޑޫގައި ޗެމްބަރ އެއް ގާއިމްވެފައި ހުރުމަކީ ހުވަދޫ އިން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށްވެސް އެކަމުގެ ފައިދާކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޑީކޯވުން ރާއްޖޭގައި މިހާރު އާންމުވެފައިވާއިރު ދެކުނުގެ އަތޮޅުތަކުގައި މިފަދަ ހާދިސާތައް ވަނީ އިތުރުވެފައެވެ. ވައި ފުޅިއާ އެކު ފުނަށް ފީނާ ނިމުމުން މައްޗަށް އަރަން ޖެހެނީ ވަކި ގޮތަކަށެވެ. އެކި ފުން މިނުގައި އެކި ވަގުތަށް މަޑުކޮށްގެން އޮންނަ ޖެހޭއިރު އެގޮތަށް އޮންނަންވާ ގޮތުގެ ތަފްސީލް އެނގޭ އާލާތްތައް ހުރެ އެވެ. އެއީ ޑައިވަރުން ބޭނުންކުރަން ޖެހޭ އެއްޗެއްނަމަވެސް ގިނަ ފަހަރު ޑީކޯ ވަނީ އެއަށް ނުބަލައި މައްޗަށް އެރުމުން ހަށިގަނޑުގެ ތެރޭގައި އުފެދޭ ބޮކިތަކުން ލޭ ހޮޅިތައް ބެދިގެންނެވެ. ޑީކޯވާ މީހުންނަށް ފަރުވާ ދޭ ހާއްސަ ޗެމްބަރާ ހަމައަށް ގެންދެވެންދެން އޮކްސިޖަން ދޭން ޖެހެ އެވެ. ޑީކޯވާ މީހުންނަށް ފަރުވާ ދެނީ ޗެމްބަރަށް ލައިގެންނެވެ. އެފަދަ ބައެއް ޗެމްބާތައް ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ގާއިމްކޮށްފާއިރު ޑީކޯވެފައިވާ މީހާ ޗެމްބަރަށް ލުމަށް ފަހު މޫދު އަޑީގެ ޕްރެޝަރަށް އޭގެ ތެރެ ބަދަލުކޮށްލަ އެވެ. ލޭ ހޮޅިތައް ބައްދާފައިވާ ބޮކިތައް، އޭގެ ސަބަބުން، ކުޑަވެ ބޭރުކޮށްލަ އެވެ.

1 ކޮމެންޓް

ހުވަފެން ފެބުރުއަރީ 15, 2020

އެއްބާކިން އެނެއްބާކިންގެ ރިޒުގެހިފައި ނިދަމައި އެބާކިންގެ ބޭނުންތައް ހޯދާއްވޭޑެނެފެހޭ މާރަގަޅަވޭހެއް. އެލެކައް އައްޑޫ ބާ ޗެމްބަރ ހުވަދޫ ބާއްވުވާއް ނިކޭއި ހުވަދޫޔަސް އެއްތައް ބާއްވުވާއް ހިގިފެހޭ ކިޔަންވޭހެއް.