English Edition
Dhivehi Edition

ސިންގަޕޫރުގައި މިއަދު އިތުރު 9 މީހަކަށް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިފައިވާކަން އެނގިއްޖެ އެވެ.

މިއަދު ސިންގަޕޫރުގައި ކޮރޯނާ ވައިރަސް ޖެހިގެން ރިޕޯޓުކުރެވުނު މީހުންނާއި އެކު އެ ޤައުމުގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 67 ކަށް އަރައިފަ އެވެ. މިއަދު ވައިރަސް ޖެހިގެން ރިޕޯޓު ކުރެވުނު މީހުންގެ ތެރެއިން 6 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައި ވަނީ އެޤައުމުގައި ހުރި ފައްޅިއަކުން ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޤައުމު، ޗައިނާގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 63،000 އަށް އަރައިފަ އެވެ. އެންމެ ފަހަކަށް އެ ޤައުމުން ވައިރަސް ޖެހުނު މީހުންގެ ތެރޭގައި މާ ވިއްކާ ބަޔަކު ހިމެނެއެވެ. މިއަދަކީ ބޭރުގެ ބައެއް ފަރާތްތަކުން ފާހަގަ ކުރާ ވެލަންޓައިންސް ޑޭ އަށް ވުމުން ގިނަ ބަޔަކު މާ ގަންނަން އެމީހުންނާއި މުއާމަލާތް ކޮށްފައި ވެއެވެ.

ޗައިނާގެ ޤައުމީ ސިއްހަތާއި ބެހޭ ކޮމިޝަނުން ބުނީ އެ ޤައުމުގައި 1،700 ސިއްހީ އޮފިޝަލުން ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 6 މީހަކު މަރުވެފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.