English Edition
Dhivehi Edition
ނޮވެމްބަރު 2019ގައި ބޭއްވި ދިވެހި ފިލްމް އެވޯޑްސް 9ގެ ތެރެއިން - ފޮޓޯ: އެންސީއޭ

މިމަހުގެ ފަހުކޮޅު މާލޭގައި ބާއްވާ އެކްޓިންގ ވާރކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރ ގުޅިގެން ދިއްލީގެ ނޭޝަނަލް ސްކޫލް އޮފް ޑްރާމާ އާއި ގުޅިގެން 22 ފެބްރުއަރީ 2020 ން 26 ފެބްރުއަރީ 2020 ށް އެކްޓިންގ ވާރކްޝޮޕެއް މާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިންޑިއަން ކަލްޗަރަލް ސެންޓަރގެ ޑައިރެކްޓަރ އަދި އެސޯސިއޭޓް ދެ ޕްރޮފެސަރާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެ ވާރކްޝޮޕްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 ފެބްރުއަރީ ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން އެންސީއޭގެ މެއިލް [email protected] އަށް ވަނަވަރު ފޮނުވަން ޖެހޭނެ އެވެ.

29 ޑިސެމްބަރު 2005ގައި ވުޖޫދަށް އައި އެންސީއޭ އަކީ ރާއްޖޭގައި ފަންނުތައް ކުރިއެރުވުމަށްޓަކައި ފަންނީ ޖަމިއްޔާތަކާއި ވަކިވަކި ފަންނުވެރިންނަށް މާލީ އެހީތެރިކަމާއި އެހެނިހެން ގޮތްގޮތުން އެއްބާރުލުންދޭ އެސޯސިއޭޝަނެކެވެ.