English Edition
Dhivehi Edition
އޮލިމްޕަސް ސިނަމާ - ފޮޓޯ: މިހާރު

ހަތް މަސް ދުވަހަށްފަހު ނޭޝަނަލް އާޓް ގެލަރީ އާއި އޮލިމްޕަސް ސިނަމާ އަލުން ހުޅުވާލައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ހާމަކުރާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން އާޓް ގެލަރީ އާއި އޮލިމްޕަހުގައި ހަރަކަތްތައް ހިންގުން މެދުކަނޑާލުމަށްފަހު، އާ އާންމު ޙާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއެ) އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް އެ ދެ ތަނުގައި ހަރަކާތްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ފަންނުވެރިންގެ ތަފާތު ޕްރެކްޓިސްތަކަށާއިި ވީޑިއޯ ޝޫޓުކުރުމަށް އޮލިމްޕަހުގެ ގޯތިތެރެއާއި ސްޓޭޖުން ޖާގަ ދޫކުރުމަށް ހަމަޖެހިފައިވާއިރު، އާޓް ގެލެރީވެސް ބޭނުންވާ ފަރާތްތަކުން އެދުމުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެކަމަށް އެދޭ ފޯމު އެންސީއޭގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބޭނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އާޓް ގެލަރީ އާއި އޮލިމްޕަސް ބަންދުކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ.