English Edition
Dhivehi Edition
ރާއްޖޭގެ ސަޤާފީ ނެށުމެއް ހުށަހަޅައިދެނީ - ފޮޓޯ: ސާކް ކަލްޗުރަލް ސެންޓަރ
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުންް ބާއްވާ ރަންޔޫބިލް ޙަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޯއައިސީގެ ރަންޔޫބީލް ފާހަގަކުރުމުގެ ޙަރަކާތްތައް އޮންނާނީ މި ނޮވެމްބަރު މަހުގެ 25 އިން 28 އަށް ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ކަމަށާއި، އެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ފަންނާނުންނަށް ލިބިފައިވާ ކަމަށެވެ.

އަދި އެ ޙަރަކާތްތަކުގައި ބައިވެރިވާ ފަންނާނުންގެ ހުރިހާ ޚަރަދެއް އޯއައިސީ އިން ހަމަޖައްސައިދޭއިރު، އެ ޙަރަކާތްތަކުގައި ބައިވެރިކުރެވެނީ ސަގާފީ ޙަރަކާތްތަކެއް ހުށަހަޅާދެވޭނެ ގިނަވެގެން 10 ފަންނާނުންގެ ގްރޫޕަކަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެންސީއޭ އިން ބުނީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ޕާޓިސިޕޭޝަން ފޯމް އާއި، ޕާސްޕޯޓު ކޮޕީ އަދި ކަލްޗަރަލް އިވެންޓް އެއްގައި ބައިވެރިވެ ނަގާފައިވާ ގްރޫޕް ފޮޓޯއެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޕާޓިސިޕޭޝަން ފޯމް ގެޒެޓުކޮށްފައިވާ އިއުލާނާއި އެކު ހިމަނާފައިވާއިރު، އިތުރު މަޢުލޫމާތު ސާފުކުރުމަށް ފޯނު ނަންބަރު 3344667 އަށް ގުޅުމަށްވެސް އެންސީއޭ އިން އެދެއެވެ.