English Edition
Dhivehi Edition
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހަޅާ ފޯމް ބަލައިގަންނަ ވަގުތު އިތުރުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (ކަރެކްޝަންސް) އިން މިއަދު ބުނީ އިންތިޚާބުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހަޅާ ފޯމް، މިއަދުން ފެށިގެން ފެބްރުއަރީ 24 އާއި ހަމައަށް، ހެނދުނު 08:15 އިން ރޭގަނޑު 09:00 އަށް އެ ސަރވިސް އިން ބަލައިގަންނާނެ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލާފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.

އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތަކާއެކު އީސީ އަށް ހުށަހަޅަންޖެހޭނީ ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ނިޔަލަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެތެރެއިން 33 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ 04 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހު އެވެ.