މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޗައިނާގެ ވުހާންސިޓީގައި ފެތުރެންފެށި ނުރައްކާތެރި ކޮރޯނާ ވައިރަސް އާއި އެކު ޗައިނާގައި ތިބި އެހެން ޤައުމުތަކުގެ ރައްޔިތުން ޗައިނާއިން ބާލައި އަދި އެޤައުމަށް ނޭރުމަށް އަންގަމުން އަންނަ އިރު ޕާކިސްތާނުން ނެގީ މުޅިން ތަފާތު ސްޓޭންޑެކެވެ. ޗައިނާގައި ތިބި ޕާކިސްތާނުގެ ރައްޔިތުން ޗައިނާގައި މަޑު ކުރުމަށް އެޤައުމުގެ ސަރުކާރުންވަނީ އަންގާފައެވެ.
ބަލި ޖެހިފައިވާ މީހަކު އެނބުރި ޤައުމަށް އާދެވިއްޖެ ނަމަ ސިއްޙީ ޚިދުމަތުގެ ފެންވަރު އިންތިހާއަށް ދަށުގައި އޮންނަ ޕާކިސްތާނުގެ މުޅި އާބާދީއަށް ފެތުރި ހީނުކުރާވަރުގެ ގެއްލުން ކުރިމަތިވެދާނެ ކަމުގެ ބިރު އެޤައުމުން ވަނީ ހީވެފައެވެ. މިހާރުވެސް ތަޖުރިބާއާއި ތަމްރީނު ލިބިފައިވާ ޑޮކްޓަރުންގެ ދަތިކަން ބޮޑުވެފައި ސިއްޙީ އާލާތްތައްވެސް އާބާދީއަށް ވުރެ މަދު ކަން އެޤައުމުން ވަނީ ފާހަގަ ކޮށްފައެވެ.
ދުނިޔޭގެ އާބާދީ 5 ވަނައަށް އެންމެ ބޮޑު މިޤައުމަކީ މިހާރުވެސް ޕޯލިއޯ ނައްތާނުލެވޭ މަދު ޤައުމު ތަކުގެ ތެރޭ ހިމެނޭ ޤައުމެކެވެ. މިއާއެކު ޑެންގީ ހުމާއި އެއިޑްސް ފަދަ ނުރައްކާތެރި ބަލިތައް ގިނަ ޤައުމަކަށް ޕާކިސްތާން ވެފައި ވެއެވެ.
ވޫހާން ގައި ޕާކިސްތާންގެ 800 މީހުން ދިރިއުޅެއެވެ. ޕާކިސްތާން ގެ ބޮޑުވަޒީރުގެ އެޑްވައިޒަރ ޑޮކްޓަރ ޒަފަރު މިރްޒާ ޓުވިޓާ މެދުވެރިކޮށް ވިދާޅުވެފައިވަނީ އެންމެންވެސް ކެތްތެރިވެ ތިބުމަށެވެ.
210/ My very dear students in China & ur respectable family members, v r intensely discussing the situation @ highest level & will make the best decision in view of all factors with ref to devastating #coronavirus potential global pandemic. Rest assured you are our own & we care!
— Zafar Mirza (@zfrmrza) February 9, 2020
ވޫހާންގައި ތާށިވެފައި ތިބި ޕާކިސްތާންގެ ބައެއް މީހުންވެސް ވަނީ ކޮރޯނާވައިރަސްއަށް ޝައްކުވެ ކަރަންޓީން ކުރެވި އެންމެ ފަހުން މިވައިރަހަށް ޕޮޒިޓިވްވެސް ވެފައެވެ. އޭގެ ތެރެއިން 4 މީހަކު ފަރުވާއަށް ފަހު ރަނގަޅުވެފައިވާތީ ޕާކިސްތާން ސަރުކާރުން ވަނީ އެކަން ފާހަގަކޮށްފައެވެ.
213/ I am pleased to confirm that Alhamdolilah our four students that had developed #coronavirus disease in China are now fully recovered and today they have been discharged from the hospital. 98% of all corona virus confirmed patients fully recover.
— Zafar Mirza (@zfrmrza) February 12, 2020
ސަރުކާރުން ފިޔަވަޅުތަކެއް އެޅިކަމުގައި ވިޔަސް ޗައިނާގައި ތިބި ރައްޔިތުންގެ ޝަކުވާތައް އެމީހުންދަނީ ބަންޑުން ކުރަމުންނެވެ. ތަކެތީގެ އަގު ބޮޑު ވުމާއި ކާތަކެތި ލިބުން އުނދަގޫ މިންވަރު ހާމަ ކުރަމުންނެވެ. ކޮޓަރިތަކުގެ ތެރޭ ،ބިރުވެރި ކަމާއި ހާސް ކަމާއި ނުތަނަވަސް ކަމުގައި އެމީހުން ދުވަސްތައް ގުނަމުން އަންނައިރު އެއްބަޔަކު ބުނަމުން ދަނީ ޕާކިސްތާން ސަރުކާރުން އިންތިޒާރު އެކުރަނީ އެ އެންމެނަށް ބަލިޖެހި އެބަލީގައި މަރުވެ ދިއުމަށް ކަމަށެވެ.
yes.they..are diacharged so.our https://t.co/rckjDN89Bn to.get.infected and.hospitalized .https://t.co/2QPMCxbODf.our.rooms.due
.to.fear.and.anxiety.constantly.trying.for.evaccuation.and.have.not.received.any.response yet 'just https://t.co/ZOKc4YCjJ0.please— ayesha (@ayesha69717429) February 12, 2020
ޗައިނާގައި ތިބި ޕާކިސްތާންގެ ރައްޔިތުން އަނބުރާ ޤައުމަށް ނުގެންނަ މައްސަލައާއި މެދު ޢާއިލާތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމައްސަލަ އިންތިހާއަށް ހޫނު ވެފައިވަނިކޮށް ބޮޑުވަޒީރު ޢިމްރާން ޚާން ވަނީ ޓުވިޓާ މެދުވެރިކޮށް ޗައިނާގައި ތިބި ރައްޔިތުންނާއި އެކު ސަރުކާރު ދެމި އޮތްކަން ހާމަ ކުރައްވާފައެވެ. އަދި މިކަމާގުޅިގެން ޗައިނާއަށް ފޯރުކޮށްދޭންޖެހޭ ހުރިހާ ސާމާނަކާއި އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
Pakistan stands with the people & govt of China in their difficult & trying time and it will always stand by them. We will be extending every material & moral support to China just as China has always stood by us during all our times of trial and tribulation.
— Imran Khan (@ImranKhanPTI) February 12, 2020